ރާއްޖޭގެ ޚަބަރު

ޤުރުއާނާއިބެހޭ މަރުކަޒުން ނޭކުރެންދޫގައި ބާއްވާ ކޯހެއްގައި 91 މީހުން ބައިވެރިވެއްޖެ

ބޮޑެތި މީހުންނަށް އަމާޒު ކޮށްގެން ކީރިޠި ޤުރުއާނާއިބެހޭ މަރުކަޒުން ހދ ނޭކުރެންދޫގައި ބާއްވާ ކޯހެއްގައި 91 މީހުން ބައިވެރިވެއްޖެއެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުން ބުނީ ނޭކުރެންދޫގައި ކުރިޔަށް ގެންދަނީ ޤާރީ ލެވެލްގެ ސެޓްފިކެޓް އެކެއްގެ ކޯހެއް ކަމަށާއި، މި ކޯހަށް ވަރަށް ބޮޑު ތަރުޙީބެއް އެރަށުން ލިބިފައި ވާކަމަށެވެ.

ސާދަ އަހަރުން މަތީގެ 91 ބައިވެރިންނާއި އެކު ކުރިޔަށް ގެންދާ މި ކޯސް 2 މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށް ދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

2500 މީހުންގެ އާބާދީއެއް އޮންނަ ހދ ނޭކުރެންދުއަކީ ދީނީކަންކަމަށް ހޭލުންތެރި ރައްޔިތަކު ދިރިއުޅޭ ރަށެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *