ރާއްޖޭގެ ޚަބަރު

ރާއްޖޭގައި އިތުރުވަމުން އަންނަ ޙައްދުފަހަނަ އެޅި މުސްލިމުންގެ ސަބަބުން ސަރަޙައްދަށް ނުރައްކާވާތީ މަޝްވަރާ ކޮށްފި

ދިވެހި ރާއްޖޭގައި އިތުރުވަމުން އަންނަ ޙައްދުފަހަނަ އެޅި މުސްލިމުންގެ ސަބަބުން ސަރަޙައްދަުގެ ސަލާމަތަށް ނުރައްކާ ވަމުންދާތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިޔާގެ ވެރިކަން ކުރާ ބީޖޭޕީގެ ވެރިންނާ މަޝްވަރާ ކުރައްވައިފިއެވެ.

މީގެ އިތުރުން 2008 ވަނަ އަހަރު އިންޑިޔާގެ މުމްބާއީގައި 164 މީހުން މަރާލައި 308 މީހުން ޒަޚަމް ކޮށްލި ޓެރަރިސްޓް ހަމަލާގައި ދިވެހިން ބައިވެރިވެފައި ވާތީއާއި، ދިވެހި ސިފައިންގެ ތެރެއިން ތަމްރީނު ހޯދައިގެން ގޮސް ސީރިޔާގައި ހަނގުރާމަ ކުރަމުން ގެންދާ މައްސަލާގައި ވެސްބީޖޭޕީގެ ލީޑަރާއި އެކު ރައީސް ނަޝީދު މަޝްވަރާ ކުރެއްވި ކަމަށް ބީޖޭޕީގެ ލީޑަރު ޖޮލީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިންޑިޔާގެ ވެރިކަން ކުރާ ހަރުކަށި ހިންދޫ ޖަމާޢަތެއް ކަމަށްވާ ބީޖޭޕީގެ ލީޑަރު ވިޖޭ ޖޮލީގެ އަރިހަށް ރައީސް ނަޝީދު ވަޑައިގެން 45 މިނެޓު ވަންދެން ކުރެއްވި މަޝްވަރާ ތަކުގައި ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމު ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި އިންޑިޔާގެ ބީޖޭޕީއާއި ގުޅިގެން ޕާޓީފެންވަރުގައި އިތުރަށް ގުޅުން ބަދަހި ކުރުމަށް ދެ ޕާޓީން އެއްބަސްވެފައި ވާކަމަށްވެސް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފައެެވެ.

ނަޝީދުގެ މި ވާހަކަ ތަކާއި ގުޅުވައިގެން ރާއްޖޭގައި ހަރުކަށި ޙައްދުފަހަނައެޅި މުސްލިމުން ގިނަވަމުން އައިސް ސަރަޙައްދަށް ނުރައްކާ ވެދާނެތީ އިންޑިޔާގެ އިސް އޮފިޝަލުންނާއި ބައެއް މީޑިޔާ ތަކުން ވަނީ ދިވެހި ރާއްޖެ އަކީ ޓެރަރިސްޓް ހާއްޔަކަށް ވުމަށް އިންޑިޔާއިން ދޫކޮށްލައިގެން ނުވާނެ ކަމަށާއި، އޭގެ ކުރިން މިކަން ހުއްޓުވަން ޖެހޭ ކަމަށްބުނެ އިންޒާރުތައްދީ ހަދާފައެވެ.

މިފަދަ ބައެއް ލިންކުތައް ތިރީގައި ނަކަލު ކޮށްލާފައި ވާނެއެވެ.

ދިވެހިރާއްޖެއިން އައި ބޮންގޮއްވާ މީހުން . . .

އިސްލާމް އަދި ފަލަސްޠީނުގެ ނަމުގައި ރާއްޖެ އެއްބައވަންތަ ވަނީ . . .

ޖިހާދުކުރާ މުޖާހިދުންގެ މައި މަރުކަޒަށް ރާއްޖެ ވަނީބާ؟ ؟ ؟

މިނޫނަސް މިފަދަ ކިތަންމެ ޚަބަރު ތަކެއް ދިވެހިންނާއި ދެކޮޅަށް ނަޝީދުގެ ވާހަކަ ތަކަށް ފަހު އިންޑިޔާގެ މީޑިޔާތަކުން ގެންދަނީ ފަތުރަމުންނެވެ. އަދި މިފަދަ ބައެއް ޚަބަރު ތަކަށް ކޮށްފައި ހުރި ކޮމެންޓް ތަކުގައި ދިވެހި ރާއްޖެ އަކީ އިންޑިޔާގެ ބައެއް ކަމަށާއި، ބާރުގެ ބޭނުން ކޮށްގެން ރާއްޖެ ހިފަންވެސް ބައެއް މީހުން ގޮވާލާފައި ވެއެވެ.

އެހެން ކަމުން އިންޑިޔާގައި މިހާރު ވެރިކަން ކުރަމުން ގެންދާ ޙައްދު ފަހަނަ އަޅާފައިވާ ހަރުކަށި ހިންދޫ ޕާޓީ ބީޖޭޕީން ކުރިޔަށް އޮތް ތަނުގައި ދިވެހި ރާއްޖެއަށް އިތުރު ހަރުކަށިކަން ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ.

ގުޅުންހުރި

16 ޚިޔާލު

  1. މިކަމުން އަޅުގަޑުގެ ހިތުގަ ކުރީއްސުރެ އުފެދިފައިވާ ސުއާލުތަކަށް ޖަވާބުލިބެމުން އެބަދޭ!! އެއީ ……. މިމީހާޔާއި އިޒްރޭލާއި ހުރިގުޅުމާއި، އޭނާގެ ހިތުގައި އިސްލާމްދީން އަދި އެދީނަށް އުޅެން މަސައްކަތްކުރާ މީހުންގެ މައްޗަށް މިއޮންނަ ނަފްރަތު އަދި ރުޅިވެރިކަމާއި މީނާ ޙަގީގަތުގައި މިގައުމަށް ހެޔޮއެދޭތޯ؟؟ މިފަދަ އެތަށް ސުއާލުތަކެކެވެ. . . . . ދެން އިތުރަށް ދަންނަވަން ޖެހެނީ މިހާރު މިފެންނަން ފެށި ކަންތައްތައް މިއީ މިދުނިޔޭގައިވާ އެންމެބޮޑު ޓެރަރިސްޓް ޔަހޫދީން(މުޅިއެދައުލަތް) މިހާތަނަށް ދުނިޔޭގައި އުފެއްދިފައިވާ އެންމެ ވަރުގަދަ ހަތިޔާރު ބޭނުންކޮށްގެން ޣައްޒާގެ ޢާންމުންނާއި ކުޑަކުދީން މަރަން ފެށީމަ އެކަމާދެކޮޅަށް ދިވެހިރާއްޖެ ބަސްކިޔަމުން ދާތީ ދިވެހިރާއްޖެއާ ޖައްސާލީ ކަމަށް ގަބޫލުކުރެވޭ ވާހަކައެވެ. މުޅިދުނިޔޭގެ މީޑިއާއާއި ފައިސާ ކޮންޓްރޯލް ކުރަނީ ޔަހޫދީން ކަން އެއީ ޙަގީގަތެކެވެ. އެންމެ ދެރަވާ ކަމަކީ އަޅުގަޑުމެން (މުސްލިމުން)ގެ ގިނަ ބަޔަކަށް ހެޔޮނުވިސްނޭތީއެވެ. … މިކަންކަމުން އަޅުގަޑުމެންނަށް ރަގަޅުމީހުންނާއި ނުބައި މީހުން ވަކިކޮށް ދެނެގަނެވެން އެބަޖެހޭ. އަދި އަހަރެމެން ހޭއަރާ ތިބެން އެބަޖެހޭ! – لاقوة الاباﷲ!-

  2. ކުރީގެ ރައީސް ނަޝީދު އާއި މެދު ދިވެހިރާއްޖޭގެ އިމުގެ ތެރެއިން ދައުލަތަށް ކުރެވޭ ތަހުގީގެއް ނެތީ ކީއްވެތޯ؟؟ ރާއްޖެ ބަދު ނަމު ކޮށް ދީނީ އަޤީދާ ފުނޑާލަން މަސައްކަތް ކުރާ އިރުވެސް ދައުލަތާއި ސަރުކާރު މި އޮންނަނީ އަވަހާރުވެފައި. ނިކަމެތި މީހަކު ކަމެއް ކޮށްފި ނަމަ ނޫނީ ބަހެއް ބުނެފި ނަމަ ތަހުޤީޤު ވަގުތުން ކުރެވޭ. މިވަނީ ކިހިނެތްބާ!!!!!!!!!

  3. މީހަކު ހަރުގަނޑު ބޭނުންކޮށްގެން ތާކަށް އަރާވާހަކަ ބުނީމާ! ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވެއްޖެ، އަންނި މިފާޑުގެ އެއްޗެހި ކީމަ ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާ ނުވަނީ ކީއްވެ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  4. މުސްލިމުންގެ އަގުވައްޓާލަން ކުރާމަސައްކަތާއި ދެކޮޅަށް ދުނިޔޭގެ ހުރިހާ މުސްލިމުން މިއަދު ވަނީ މަސައްކަތް ކުރަންޖެހިފައި. އަދި އެތައް މުސްލިމުންނެއް އެމަސައްކަތް ކުރޭ. ނަމަވެސް މުސްލިމުންގެ ތެރެއިން ނިކުމެގެން މިއުޅޭ ނަޝީދު މަސައްކަތް ކުރަމުން އެދަނީ މުސްލިމުންގެ އަގު ވައްޓާލުމަށް، އޭނަ އަކީ ކާފަރެކޭ ނުވަތަ މުސްލިމެކޭ އަހަރެން ކަނޑައެއް ނާޅާނަން ، އެކަމަކު އޭނާއަކީ މުސްލިމުންނަށް ނަފްރަތު ކުރާ މީހެއް މުސްލިމުންގެ ސަލާމަތަށް ހުރި ނުރައްކަލެއް.

  5. ބަލައިލަ ދަތް ދިލުވައިގެން ކުރެވުނު މޮޅު ކަންތަށް ހިތަށް އަރާފަ ހުރިލެއް.

  6. ތިވެސް ވާނީ އެނޫސް ތަކުން ފަތުރާ ދޮގު މައުލޫމާތުކަމުގައި.. ސަލާމް

  7. islaam inney kiyaagen dheythere jassabaye mi dhiislam terrorist group ahkee
    isreal aai mi dhiislam group aai thafaathe nei

  8. މުސްލިމުންނޭ ކިޔައިގެން ދޭތެރެ ޖައްސައިގެން އަމިއްލަ އަންބޮނޑި ބޮޑުކުރަން އުޅެނީ ދިއިސްލާމުގެ ޓެރަރިސްޓުންތަ؟ އަސްލު ޓެރަރިސްޓު އަންނިި އެ ހިންގާ ޓެރަރިސްޓު އަމަލުތައް ދެރަތަ ވަކިން؟ ކޮން ޓެރަރިސްޓެއްތަ ޑެންމާކަށްގޮސް ބުނީ މުސްލިމުން ނިދާއިރު ކުރުސި ކިޔައޭ ތިމަންނަމެން އެބަ ޖެހެއޭ އެހެން ގޮތެއް ހޯދަން؟ ރަސޫލގެ ޙަދީސާ ގުރުއާން ނޫން އެހެން އެއްޗެތި ހޯދަން އުޅޭ ޓެރަރިސްޓުންނަށް ހަޖަމެއް ނުވާނެ.

  9. Govmnt pls take action to this former president he is risking the whole country you guys should not let him do that. Take what ever action you can take on justice system. In my opinion he is a threat to the whole nation.

  10. Mi dhen kihaa dhera kameh. Raajjeyn beyrah dhevijje nama dhivehin badhunaam kurun noon kameh mi nasheed nukureye dho. Dhen ves baeh maru moalun kuvveri kuranee mi habaru genes dhin meehun. Meena aa medhu fiyavalhu alhan govaalan

  11. dhivehin badhunaam kuran bayaku ulheykah nuves jehey, thimaamennah heyo nubai vaki vaan ebajehey, nujehey thaneh gaa meehaku bon govvaathee e bon gohvan dhaakah, meehun maraathee ,meehun maraakah, Amilla ah thimaamen hey araa dhuniyey gaa ulhen dhas kuranvee, baehge, nuvatha meeheh ge bolugaeh noon ilzaam alhuvan vee. dhivehi raajjeygaa mee amalu vaa thakethi gengulhey thanekey bunefi nama e kuveri vee buni meehaa, mi verin vikkaa boe eygen kithanme faidhaa eh negi kamugaa viyas hama ok, hama efadha kameh mives, dhen ebunaa fadha meehun neh thanakah hadan ulhunas, ekameh neh vaakahves, Syria, Afghanisthan adhi ves thfaathu thanthanu gaa thfaathu goiy gothah Dhivehin ge therein bayaky ulhey vaahaka bunee maa ekamah visnaa, heyo goiy hoadhan masakkaiy kurumuge badhalu gaa, ekamun nuragalhu natheejaa nukunna fadha kanthah kurumuge badhalu gaa ekan ragalhu kuran viniyya maaragalhu vaane,

  12. ތައިލެންޑުގެ ބޮޑުވަޒީރު ޔިންގލުކް ޝިނަވަޓްރާ ކައިރިން ނޫސްވެރިޔަކު އެހިއެވެ. ތިޔަ ޤައުމަކީ ދުނިޔޭގެ ސެކްސް ޓޫރިޒަމް އެންމެ ފުޅާކޮށް ހިންގާ ގައުމަށް ވާއިރު، އެގޮތަށް ތި ގައުމު ދުނިޔެއަށް މަޝްހޫރުވެފައި ވެއެވެ. މިކަމަކީ އެންމެން ދަންނަ ޙަޤީޤަތެކެވެ. މިކަމަކީ ތި ގައުމުގަ ހުއްދަ ކަމެއްތޯއެވެ؟ ޝިނަވަޓްރާ ބުނީ ތިފަދަ ނުބައި ޢަމަލެއް އެ ގައުމުގަ ހިންގާކަން ނުދެނެހުރި ކަމަށެވެ. އޭނާ އެހެން ބުނީ ދުނިޔޭގެ ކުރިމަތީގައި އޭނާގެ ޤައުމު ފަލީޙަތް ނުކުރާން ވެގެންނެވެ. އެހެނަސް މިރާއްޖޭގައި މިވަނީ އެހެންތޯއެވެ؟

  13. Raees nashyd dhekky hama ragalhu vaahaka…ebayaku ulhey got huge vaahaka dhekkumaky kusheh noon…..

  14. he is trying to show the zionists that he is still with them to get the support from them and india to get back his former position even by selling the .maldives religion.

  15. މުނާފިގުވިޔަސް ދެންމީބޮޑުވަރު އުފަންގައުމަށާ މާތްވެގެންވާ އިސްލާމްދީނައް އެތައްފަހަރަކު ފުރައްސާރަކޮއް ހަޖޫޖަހާއިރުވެސް އޭނަގެފަހަތުން މީހުންތައް ފުމިއަރާ ސަޕޯޓްކުރާއިރު ވިސްނާލަންޖެހޭނެވެ އެނަޔަކި ﷲދެއްވި ނިއުމަތައް ފުރަގަސްދީ އެއައްއިހުމާލްވެ އަމިއްލަޔައް އިސްތިއުފާދި މުލިގައުމުގަ އަލިފާންޖަހާ އަންދާއަޅިޔައް ހަދާލި މީހެކެވ

  16. މި މައްސަލަ ކޯޓަށް ވައްދައި، މީނާ ގެ ޢަމަލުތަކުގެ މައްޗަށް ޙުކުމް ތަންފީޒުކޮށް، ރާއްޖޭގެ ވެށި ސާފުކުރަން އެބެ ޖެހޭ ނޫންތޯ. އިންޑިއާ އަށް 23-26 ޑިސެމްބަރ 2008 ގައި، ރައްޖޭގެ ރައީސްގެ މަޤާމުގައި ހުންނަވައި ކުރެއްވި ދަތުރު ފުޅުގައި ސޫލާ ޝިރާބް ނަމަކަށް ކިޔާ ބަނގުރާ ހިއްޕެވި ދުވަހުވެސް މީނާވަނީ ރާއްޖޭގައި ޓެރރަރިސްޓުންނޭ ، އަޑިއަށްދަނީއޭ، ހަމަނުޖެހުމޭ، ކިޔައިގެން ބޭރު ދުނިޔޭގައި ރާއްޖޭގެ އަގުވައްޓާލާ ފައެވެ.
    ވީމާ މީނާ އަށް ދައުލަތުންދޭ މާލީ އިނާޔަތާއި ރައްކާތެރިކަން މިހިނދުން މިހިނދަށް ހުއްޓާލަން ޖެހޭކަމަށް އަޅުގަނޑު ދެކެން

Your email address will not be published. Required fields are marked *