އަރަބިދުނިޔެއެމެރިކާދުނިޔެ

އިޒްރޭލުގެ އުފެއްދުންތައް ބޮއިިކޮޓް ކުރާތީ ޔަހޫދީންގެ މައިބަދަ ބިނދެނީ

ޔަހޫދީ މާލީ ވަޒީރު ވަނީ އިޒުރޭލު ބޮއިކޮޓް ކުރަމުން ދާތީ އިޤްޠިސޯދު ހަލާކުވަމުން ދާކަމަށް ބުނެ އިންޒާރުދީފަ

ޙައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ޓެރަރިސްޓު ދައުލަތެއް ކަމަށްވާ އިޒްރޭލުގެ އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅު ތަކުން ބޮއިިކޮޓް ކުރަމުން ގެންދާތީ އެ ޤައުމުގެ އިޤްތިސޯދު ފުނޑެމުންދާކަމުގެ އިންޒާރު އެތަނުގެ މާލީ ވަޒީރު ދީފިއެވެ.

އެމެރިކާ އާއި ދުނިޔޭގެ އެހެން ޤައުމު ތަކުން ޔަހޫދީ އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ފެށުމާއި އެކު ކޮކާކޯލާ އާއި ޔަހޫދީ ބެންކު ތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބި އިޒްރޭލުގެ އިޤްތިސޯދަށް ފަސް ބިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައި ވާކަމަށް ޔަހޫދީ މާލީ ވަޒީރު ވަނީ ބުނެފައެވެ.

އަދި މިކަން އިތުރަށް ފުޅާވެ ވަރުގަދަ ވަމުން އަންނަ ކަމަށާއި، މީގެ ސަބަބުން މުޅި އިޒްރޭލުގެ އިޤްތިސޯދު ފުނޑިގެން ދާނެ ކަމަށް ވެސް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ދާދި ފަހުން އެމެރިކާ އަށް ގޮސް އެ ޤައުމުގެ އިސް ޔަހޫދީންނާއި ވާހަކަ ދައްކަމުން ޔަހޫދީ މާލީ ވަޒީރު ބުނީ އިޒްރޭލުން މިހާރު ހިންގަމުން ގެންދާ ޤަޠުލު ޢާއްމުގެ ސަބަބުން އިޒްރޭލަށް ހަމްދަރުދީވާ އެތައް ބައެއްގެ ހަމްދަރުދީ ގެއްލެމުން ދާކަމަށާއި، ކުރިން އިޒްރޭލަށް ލޯބިކުރި އެތައް ބަޔަކުވެސް އިޒްރޭލާ ދެކޮޅުވެ ޔަހޫދީންގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގައި މުސްލިމުންނާއި ބައިވެރި ވެފައި ވާކަމަށެވެ.

އެގޮތުން އެމެރިކާގެ ބައެއް ޖަމިއްޔާ ޖަމާއަތް ތަކުގެ ނަންތައް ހާމަ ކޮށް މި ފަރާތްތަކުން ޔަހޫދީންގެ އުފެއްދުންތައް މިހާރުވެސް ބޮއިކޮޓް ކޮށްފައި ވާކަމަށާއި، އެކަން ކުރިޔަ ނުދިނުމަށް އޭނާ ވަނީ އެމެރިކާގެ އިސް ޔަހޫދީންނަށް ގޮވާލާފައެވެ.

އަދި ޔަހޫދީންނާއި ދެކޮޅަށް ހިންގޭ ހަރަކާތްތަކުގެ އަޑު ކަނޑުވާލައި ޔަހޫދީންނަށް މޮޅުވާ ގޮތަކަށް ނޫނީ އެމެރިކާގެ މީޑިޔާ ތަކުން ޚަބަރުތައް ފެތުރިޔަ ނުދިނުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.

ޔަހޫދީ މާލީ ވަޒރުގެ އިންޒާރު މިގޮތަށް މި އައީ ދުނިޔޭގެ އެކި ކަންކޮޅު ތަކުން ޔަހޫދީންގެ އުފެއްދުންތައް ބޮއިކޮޓް ކުރިޔަސް އޭގެ މާ ބޮޑު އަސަރެއް ޔަހޫދީ އިޒްރޭލުގެ އިޤްތިސޯދަށް ނުކުރާނެ ކަމަށް އެ ޤައުމުން ބުނެފައި ވަނިކޮށެވެ.

އަދި ޔަހޫދީންގެ މާލީ ވަޒީރުގެ މި އިންޒާރާއި އެކު ޔަހޫދީން މިހާރު ޣައްޒާގައި ހިންގަމުން ގެންދާ އަނިޔާވެރި ޤަޠުލުޢާއްމު ދިގުދަންމާ ނުލެވޭނެ ކަމަށާއި، އެކަން ދިގުލައިގެން ދާންފަށައިފި ނަމަ ޔަހޫދީ އިޒްރޭލަށް އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ގެއްލުންވެ އިޤްތިސޯދު މުޅިން ހަލާކުވާނެ ކަމަށް ބެލެވެއެވެ.

ޔަހޫދީންގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ތައްޔާރު ކޮށްފައިވާ ޕޯސްޓަރެއް

ޔަހޫދީންގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ތައްޔާރު ކޮށްފައިވާ ޕޯސްޓަރެއް

އެހެން ކަމުން ފަލަސްޠީނާއި ޣައްޒާ އަށްތަކައި ކޮކާކޯލާ އާއި މިނޫންވެސް މިފަދަ ޔަހޫދީންގެ އުފެއްދުން ތަކާއި ދުރަށް ޖެހުމަށް މުސްލިމުން ދަސްކުރާން އެބަ ޖެހެއެވެ. ދިވެހިން އެންމެ ގިނައިން ބޮމުން ގެންދާ ނެސްކެފޭ އެކަނި ބޮއިކޮޓް ކޮށްލިއަސް ޔަހޫދީންގެ ނެސްކެފޭ މާކެޓަށް އޭގެ އަސަރު ކުރާނެ ކަން ކަށަވަރެވެ. އެހެން ކަމުން ކޮކާކޯލާ އާއި ޕެޕްސީ އާއި، ސްޕްރައިޓާއި ނެސްކެފޭ ފަދަ ބުއިންތަކާއި ދުރުވެ ޔަހޫދީންގެ އުފެއްދުންތައް ދިވެހިން ވެސް ބޮއިކޮޓް ކުރަމާ ހެއްޔެވެ. މިއިން ކުޑަވެސް ހިތްހަމަ ޖެހުމެއް ފަލަސްޠީނަށް ލިބިދާނެއެވެ!

ގުޅުންހުރި

2 ޚިޔާލު

  1. އިޤްތިޞާދު ފުނޑު ފުނޑުވެ އެޤައުމުވެސް ހަލާކު ކުރައްވާނދޭ!

  2. ހުޅަގާއި ޔަހޫދީންނާއި ހަގުރާމަނުކޮށް އެބައިމީހުން ބަލިކުރެވެން އަޅުގަޑުމެން މުސްލިމުންނަށް ޙަގީގަތުގަ އެބައޮތެވެ. އެންމެ ފުރަތަމަ ކަމަކީ މުސްލިމް ގައުމުތަކަށް ލިބިގެންވާ ތެލުގެ މުއްސަނދި ކަމުގެބޭނުން ވިސްނުންތެރިކަމާއެކު ހިފައިގެންނެވެ. އަނެއް ގޮތަކީ ލިޔުމުގައިވާފަދައިން އެބައިމީހުންގެ މުދާތައް ބޯއިކޮޓް ކޮށްގެންނެވެ. މިއީ ޙަގީގަތުގައި ވަރަށް ވަރުގަދަ ހަތިޔާރެކެވެ. ސަބަބަކީ މުސްލިމުންނަކީ ޢަދަދުގެގޮތުން ގިނަބަޔެކެވެ. މުސްލިމުންގެ ޢަދަދަކީ އެމީހުންގެ މުދަލާއި ހަތިޔާރު މާކެޓްކުރުމުގައި އަމާޒެކެވެ. މިފަހަރުވެސް ޣައްޒާ ބޭނުންއެކުރީ އެމީހުންގެ (އެމެރިކާގެ) ފަހުގެހަތިޔާރު ޓެސްޓު ކުރުމާއެކުއެކު މުސްލިމުން މެރުމަށެވެ. އަޅުގަޑު ގަބޫލުކުރާގޮތުގައި މިހަގުރާމައިގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ މުސްލިމުންގެ ޢަދަދަދު ކުއްލިޔަކަށް މަދުކުރުމެވެ. ކުޑަކުދީންނާއި އަންހެނުން އެމީހުންގެ އަމާޒަކަށް ވެފައިވަނީ އެހެންވެގެންނެވެ!! އަންހެނުންނަކީ އާބާދީ އިތުރުވާ މައިގަޑު ވަސީލަތް ކަމަށްވާތީއެވެ. އެހެންކަމުން އެމީހުންގެ މުދާ ހަމަ ބޯއިކޮޓްކުރަންވީއެވެ.

Your email address will not be published. Required fields are marked *