ފިޠުރު ޢީދުގެ އުފާފާޅު ކުރަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މުސްލިމުން ކުރަމުންދާ ހިތާމަތަކުގެ މަތިން ހަނދާން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްް ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ، ފިޠުރު ޢީދުގެ އުފާފާޅު ކުރަމުންދާއިރު، ދުނިޔޭގެ ބައެއް ޤައުމުތަކުގެ މުސްލިމް އުޚުތުންނާއި އަޚުން ބަރުދާސްތު ކުރަމުންދާ ހިތާމަތަކާއި ފުން އިޙްސާސްތަކުގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށާއި، ޚާއްޞަކޮށް، ފަލަސްޠީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި އެމީހުން ތަޙައްމަލުކުރަމުންގެންދާ ހިތްދަތި ދުވަސްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެންނަމުއެވެ. އަދި ފަލަސްޠީނު ރައްޔިތުން، ކުރަމުންދާ ޖިހާދަށް ނަޞްރާއި ކާމިޔާބީ ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށެވެ.
އަދި އިޒުރޭލުން ހިންގަމުންގެންދާ މި ބޮޑު ޖަރީމާތަކާއި ލާއިންސާނީ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން އަނެއްކާވެސް ރައީސް ޔާމީން ވަނީ ކުށްވެރި ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...