ރާއްޖޭގެ ޚަބަރު އެސްއޯ ފުލުހުން ޣައްޒާ ފަންޑަށް ފައިސާ ހަދިޔާކޮށްފި

އެސްއޯ ފުލުހުން ޣައްޒާ ފަންޑަށް ފައިސާ ހަދިޔާކޮށްފި

އެސްއޯ ފުލުހުން ޣައްޒާ ފަންޑަށް ފައިސާ ހަދިޔާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުޕެޝިއަލް އޮޕަރޭޝަން ޑިޕާޓްމެންޓު ފުލުހުން ޣައްޒާ ފަންޑަށް ފައިސާ ހަދިޔާކޮށްފިއެވެ.

އެސްއޯ ފުލުހުން ފަންޑަށް  ފައިސާ ހަދިޔާކުރީ ރަމަޟާން ލީގް 2014 ނިމުމުގެ ރަސްމިއްޔާތުގައި މިރެއެވެ. މިގޮތުން އެސްއޯ ފުލުހުން މިރޭވަނީ ޣައްޒާ ފަންޑަށް 1000 ޑޮލަރު ހަދިޔާ ކޮށްފައެވެ.

މިއެހީ އާއިއެކު ފުލުހުންގެ އެސްއޯ ޔުނިޓް ވެގެން ގޮސްފައިވަނީ މިފަންޑަށް އެހީވި ސަރުކާރުގެ ފުރަތަމަ ރަސްމީ ވުޒާރާއަށެވެ.

މިފަންޑަކީ އަދާލަތު ޕާޓީން އިސްނަގައިގެން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމް ރައްޔިތުންނަށް އެހީވުމަށްޓަކައި ހުޅުވި ފަންޑެކެވެ. މިހާތަނަށް އައިރު މިފަންޑަށްވަނީ 2 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާއާއި 10 ހާހަށްވުރެ ގިނަ ޑޮލަރު ލބިފައެވެ.

މާލޭގެ އިތުރުން މިހާރު ރާއްޖެ ތެރޭ ރައްތަކުގައިވެސްދަނީ މިފަދަ ފަންޑު ފޮށިތައް ހުޅުވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.