ބޭނުންވާ ތަކެތި:
1 ފުލްކުރީމް ޕެކެޓް 1 ލީޓަރ
1 ގެރިކިރުދަޅު
2 މޭޒުމަތީ ސަމްސާ ކޯންފްލާރ
3 މޭޒުމަތީ ސަމްސާ ހަނޑޫފުށް
ކެސޫނަޓް ކޮޅެއް
ހައްދަވާނެ ގޮތް:
ފުރަތަމަ ފުލް ކުރީމް ޕެކެޓް ތެެއްޔަކަށް އެޅުއްވުމައްފަހު ގެރިކިރު ދަޅާއި 2 މޭޒުމަތީ ސަމްސާ ކޯންފްލާރ އާއި 3 މޭޒުމަތީ ސަމްސާ ހަނޑޫފުށް ތެލި ތެރެއަށް އަޅުއްވާށެވެ. އެއައްފަހު މަޑުގިނީގައި އޮލަވަންދެން ކައްކާށެވެ. ތައްނުލަވާވަރަށް ދޭފަތުން ހާކާނީ އޮލަވެ ބޮކި ޖަހަންފެށުމުން އުނދުންމަތިން ބޭލުމަށްފަހު، ޓްރޭއަކަށް އަޅާ ކެސޫނަޓް ކޮޅުން ގާނިސްކުރުމަށްފަހު ފްރިޖްއަށްލާ ފިނިކޮށް ސާވް ކުރާށެވެ.

















ޚިޔާލު