ރާއްޖޭގެ ޚަބަރު އީދުޝޯ ކެންސަލްކުރީ ޣައްޒާގެ މުސްލިމުންނަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވާން: އިމްޖާދް

އީދުޝޯ ކެންސަލްކުރީ ޣައްޒާގެ މުސްލިމުންނަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވާން: އިމްޖާދް

އީދުޝޯ ކެންސަލްކުރީ ޣައްޒާގެ މުސްލިމުންނަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވާން: އިމްޖާދް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އީދުޝޯ ކެންސްލްކުރީ ޣައްޒާގެ މުސްލިމުންނަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވާންކަމަށް ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު އެގްޒެކްޓިވް، އިބްރާހިމް އިމްޖާދް ޖަލީލް ވިދާޅުވެއްޖެއެވެ.

އީދުޝޯ ކެންސްލް ވުމާއި ގުޅޭގޮތުން އިމްޖާދް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، މިފަހަރުގެ އީދުޝޯ ބޭއްވުމަށްޓަކައި ދިރާގުންވަނީ ގިނަގުނަ ތައްޔާރީތަކެއް ވެފައި ކަމަށެވެ. ނަމަވެސް އިސްރާއިލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތަކެއް ހާސް ރައްޔިތުން ގެދޮރު ނެތި ދަތިހާލުގައި އުޅޭ މިފަދަ ދަންޑިވަޅެއްގައި މިފަދަ ޝޯއެއް ބޭއްވުމަކީ ރަނގަޅު ކަމެއްކަމަށް ދިރާގަށް ނުފެންނާތީ ކެންސަލް ކުރީކަމަށެވެ.

ދެން މިޝޯ ބާއްވާގޮތަށް ހަމަޖެހިފައިވަނީ އަޟްހާ އީދާއި ގުޅުވައިގެން ކަމަށް ދިރާގުން ހާމަކުރެއެވެ.

އިސްރާއިލުން ޣައްޒާއަށް ދޭންފެށި ހަމަލާތަކަށް 19 ދުވަސް ވެފައިވާއިރު މިހާތަނަށްވަނީ ފަލަސްތީނުގެ 1،000 ވުރެ ގިން ރައްޔިތުން ޝަހީދުވެފައެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.