ރާއްޖޭގެ ޚަބަރު “އެހީ ޖަމްޢިއްޔާ” އިން މިއަހަރުވެސް ފިޠުރުޒަކާތް ބަލައިގަންނަން ފަށައިފި

“އެހީ ޖަމްޢިއްޔާ” އިން މިއަހަރުވެސް ފިޠުރުޒަކާތް ބަލައިގަންނަން ފަށައިފި

“އެހީ ޖަމްޢިއްޔާ” އިން މިއަހަރުވެސް ފިޠުރުޒަކާތް ބަލައިގަންނަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“އެހީ ޖަމްޢިއްޔާ” އިން މިއަހަރުވެސް ފިޠުރުޒަކާތް ބަލައިގަންނަން ފަށައިފިކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ދިއިސްލާމްއަށް ހާމަކުރައްވަމުން “އެހީ ޖަމްޢިއްޔާ” ގެ އޮފިޝަލަކު ވިދާޅުވީ "މިއަހަރުވެސް ފިޠުރުޒަކާތް ބަލައިގަންނަމުންދާކަމަށާއި އެޖަމިއްޔާއިން ފިޠުރުޒަކާތް ބަލައިގަތުން ޢިމާދުއްދީން ސްކޫލުގައި"ކަމަށެވެ.

"ފިޠުރުޒަކާތް ބަލައިގަތުން ކުރިއަށްދަނީ ޢިމާދުއްދީން ސްކޫލުގައި. ބަލައިގަންނަމުން މިދަނީ މެންދުރު 13:30އިން 15:15އަށް، ހަވީރު 16:15އިން 17:30އަށް އަދި ރޭގަނޑު 21:00އިން 23:00އަށް"ކަމަށް އެހީ ޖަމިއްޔާއިން ހާމަކުރެއެވެ.

އެހީ ޖަމިއްޔާއިން އިތުރަށް ހާމަކުރި ގޮތުގައި މިއަހަރު މާލޭގެ އިތުރުން ފިޠުރުޒަކާތް ބަލައިގަތުމުގެ މަސައްކަތް ހުޅުމާލެއިންނާއި އައްޑޫގައި ކުރިއަށް ގެންދާ ކަމަށެވެ.

ޒަކާތް ބަލައިގަތުމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކުން އެޖަމިއްޔާގެ ހޮޓްލައިން 7803433 އަށް ގުޅުއްވުމަށް އެޖަމިއްޔާއިން އިލްތިމާސްކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.