ދުނިޔެ ޔަހޫދީން ޝަހީދު ކޮށްލާފައި އޮއްވާ ފެނުނު ފަލަސްޠީނުގެ މާބަނޑު އަންހެނެއްގެ ބަނޑުން ދިރިހުރި ކުއްޖަކު ނަގައިފީ

ޔަހޫދީން ޝަހީދު ކޮށްލާފައި އޮއްވާ ފެނުނު ފަލަސްޠީނުގެ މާބަނޑު އަންހެނެއްގެ ބަނޑުން ދިރިހުރި ކުއްޖަކު ނަގައިފީ

ޔަހޫދީން ޝަހީދު ކޮށްލާފައި އޮއްވާ ފެނުނު ފަލަސްޠީނުގެ މާބަނޑު އަންހެނެއްގެ ބަނޑުން ދިރިހުރި ކުއްޖަކު ނަގައިފީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔަހޫދީން ޝަހީދު ކޮށްލާފައި އޮއްވާ ފެނުނު ފަލަސްޠީނުގެ މާބަނޑު އަންހެނެއްގެ ބަނޑުން ދިރިހުރި ކުއްޖަކު ނަގައިފި އެވެ.

ފަލަސްޠީނުގެ ޣައްޒާގެ އައްޝިފާ ހަސްފަތާލުގައި މަސައްކަތް ކުރައްވާ ޑރ ބަޞީލް އަބޫ ވަރުދާ އިއްޔެ ވިދާޅުވީ ޔަހޫދީންގެ އަނިޔާވެރި ކަމުގައި ޝަހީު ކޮށްލާފައިވާ ފަލަސްޠީނުގެ އަންހެނެއްގެ ބަނޑުން ދިރިހުރި ތުއްތު ކުއްޖަކު ކާމިޔާބު ކަމާއި އެކު ނަގާފައި ވާކަމަށާއި، ފުރާނަ އެއް ގެންދެވުމާއި އެކު ފުރާނައެއް އުފަން ވެފައި ވާކަމަށެވެ.

މިނޫނަސް މިފަދަ ކިތަންމެ ޙާދިސާއެއް ކޮންމެ ދުވަހަކު ފަލަސްޠީނުގައި ހިނގަމުން ދާއިރު ޔަހޫދީންގެ އަނިޔާވެރި ހަމަލާ ތަކުގައި ގިނައިން މަރާފައި ވަނީ ވެސް ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.

މީގެ އިތުރުން ގިނަ ޢަދަދެއްގެ ޒުވާނުން އެކުދިންގެ ޢާއިލާ ތަކާއި އެކު ދިރިއުޅެނިކޮށް ސުވާލެއް ކޮށްލުމަށް ކަމަށް ބިުނެ ހައްޔަރު ކޮށްގެން ގެނސްގޮސް ބަރަހަނާ ކޮށް ސަހަރާގެ ތެރޭގައި ޗޭނުޖަހައި އަތުރާފައިވާ ފޮޓޯ ތަކެއް ވެސް އިއްޔެ ވަނީ ސޯޝަލް މީޑިޔާ ގައި ލީކު ވެފައެވެ.

ޔަހޫދީންގެ މި އަނިޔާވެރި ޢަމަލު ތައް މުޅި ދުނިޔެއަށް ބޭޒާރުވެ ޔަހޫދީންނަށް ނަފުރަތު ކުރާ ފަރާތްތަކުގެ ޢަދަދު އިތުރުވަމުން އަންނާތީ މިފަދަ މަޢުލޫމާތާއި ފޮޓޯ ނަގައި ލީކު ކުރާ ކަމަށް ބުނެ އަމިއްލަ ފައުޖުގެ ތެރެއިން އެތައް ބައިވަރު ސިފައިންނެއް ވެސް ޔަހޫދީން ވަނީ ހައްޔަރު ކޮށްފައެވެ.

މީގެ އިތުރުން ޔަހޫދީންގެ ތެރެއިން މީހަކު މަރުވެއްޖެ ނަމަ އެންމެން އެއްއަޑަކުން ޙިމާރު ތަކެއްހެން ހޭރޭ މަންޒަރު ފެންނަ ފޮޓޯތައް ލީކުވެފައި ވާއިރު، ފިނޑި ޔަހޫދީން ގެންދަނީ ﷲގެ މަގުގައި ޖިޙާދު ކުރާ މުޖާހިދުންނާއި ކުރިމަތިލާން ފަސް ޖެހޭކަން ފާޅުގައި ހާމަކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.