ފިތުރު ޢީދު ބަންދާއި ގުޅިގެން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސް ކޮށްފިއެވެ.
މިކަމާއި ގުޅިގެން ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ފިތުރު ޢީދު ބަންދާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށާޢި، ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރަކީ ދަތުރު ކުރެއްވުމަށް ސަލާމަތްތެރި ރައްކާތެރި އުޅަނދެއްތޯ ބެއްލެވުމަށްފަހު ނޫނީ ދަތުރަށް ނުފެއްޓެވުމަށް، ދަތުރުވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އަދި އުޅަނދުގައި ހަމަޔަށް ( ލައިފްޖެކެޓާއި، ދިޔަހިއްކާނެ ޕަންޕާއި، މުޢާސަލާތީ ސެޓްތައް ) ހުރީ ބޭނުން ކުރެވޭފަދަ އެންމެ ރަގަޅު ހާލަތުގައިތޯ ބެއްލެވުމަށް އުޅަނދުފަހަރުގެ ނެވިންނަށްވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން އުޅަނދަށް ހުއްދަ ދެއްވާފައިވާ ވަރަށް ދަތުރުވެރިން އުފުލުމާއި މިނޫނަސް ކަނޑު ދަތުރުކުރެއްވުމުގައި ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހެދިފައިވާ އެންމެހާ ގަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއިއެކު ދަތުރުތައް ރޭއްވެވުމަށް ވަކިން ޚާއްޞަކޮށް އުޅަނދު ފަހަރުގެ ނެވިންނަށް ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކަނޑުމަތީގެ ސިފައިން ނެރުނު ބަޔާނުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...