އިސްރާއިލުގެ ޓެރަރިސްޓް ހަމަލާތަކުން ހާލުގައި ޖެހިފައިވާ ޣައްޒާ އަށް އެހީ ވުމަށްޓަކައި އަދާލަތު ޕާޓިން އިސްނަގައިގެން ހުޅުވައިފައިވާ ޣައްޒާ ފަންޑަށް އެހީވުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ހުޅުވާލައިފިއެވެ.
މިހަފްތާގެ ތެރޭގައި ހުޅުވި މިފަންޑު ފޮއްޓަށް މިހާތަނަށް އައިރު އެއް މިލިއަނަށްވުރެ ގިން ރުފިޔާވަނީ ލިބިފައެވެ.
ޣައްޒާ ފަންޑަށް އެހިވުމުގެ ފުރުސަތު ފަސޭހަކޮށްދިނުމުގެ މަގުސަދުގައި އަދާލަތު ޕާޓިން ބީއެމްއެލް އަދި އެމްއައިބީގައި ހުޅުވައިފައިވާ އެކައުންޓުގެ ނަމަކީ (Gaza Fund Maldives) އެވެ.
ޣައްޒާ ފަންޑް ބީއެމްއެލް އެކައުންޓް ނަންބަރުތައް:
ރުފިޔާ އެކައުންޓް ނަންބަރު: 002 270697 7701
ޑޮލަރު އެކައުންޓުގެ ނަންބަރު: 003 270697 7701
ޣައްޒާ ފަންޑް އެމްއައިބީ އެކައުންޓް ނަންބަރުތައް:
ރުފިޔާ އެކައުންޓް ނަންބަރު: 101 55500001 9901
ޑޮލަރު އެކައުންޓުގެ ނަންބަރު: 201 55500001 9901
އަދި މިހާތަނަށް އައިރު އަތޮޅުތެރޭގައި ޣައްޒާ ފަންޑު ފޮއްޓެއް ބެހެއްޓިފައި ނުވާއިރު މިއީ އަތޮޅު ތެރޭގައިތިބި ބޭފުޅުންނަށް މިފަންޑު ފޮށީގައި ބައިވެރިވުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...