ރާއްޖޭގެ ޚަބަރު އިޒްރާއިލުގެ އުފެއްދުންތައް ރާއްޖެއިން ބޮއިކޮޓްކޮށްފި

އިޒްރާއިލުގެ އުފެއްދުންތައް ރާއްޖެއިން ބޮއިކޮޓްކޮށްފި

އިޒްރާއިލުގެ އުފެއްދުންތައް ރާއްޖެއިން ބޮއިކޮޓްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރާއިލުގެ އުފެއްދުއްތައް ރާއްޖެ އިމްޕޯޓް ނުކުރާގޮތަށް ނިންމާ އެތަކެތި ރާއްޖެއިން ބޮއިކޮޓް ކޮށްފިއެވެ.

އިޒްރާއިލުގެ އުފެއްދުންތައް ބޮއިކޮޓް ކުރިކަން ރާއްޖެއިން މިއަދު އިއުލާންކޮށްފައިވަނީ  ރައީސްއޮފީހުގައި ފޮރިންމިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެފައިވަނީ، އިސްރާއިލުން އުފައްދާ ތަކެތި ބޮއިކޮޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ކަސްޓަމްސްއާއި މަޝްވަރާކުރަމުން އަންނަ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި ރަސްމީ އިއުލާނާއެކު މި ނިންމުމަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

މިބައްދަލުވުމުގައި މުންދު އިތުރަށް ވިދާޅުވީ އިސްރާއިލުން ރާއްޖެއަށް މުދާއެތެރެކުރާ މިންވަރެއް ހިސާބުތަކުން އިނގެން ނެއްކަމަށާއި ނަމަވެސް، އެތެރެކުރަނީ ނިސްބަތުން މަދުއަދަދެއްގެ މުދާ ކަމަށެވެ. އަދި މިއީ ބޮޑަށް "ސިމްބޮލިކް" ކަމެއް ކަމަށެވެ.

ދިވެހި ސަރުކާރުގެ މި ނިންމުމާއި ގުޅިގެން އަދާލަތު ޕާޓީންވަނީ ދިވެހި ސަރުކާރަށް މަރުހަބާ ކިޔައިފައެވެ. އަދާލަތު ޕާޓީން ދިވެހި ސަރުކާރަށް މަރުހަބާ ދަންނަވާ މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ދިވެހި ސަރުކާރުން ނިންމެވި ހިތްވަރުގަދަ ނިންމެވުމަށް އަދާލަތު ޕާޓީގެ ފަރާތުން މަރުހަބާޔާއި އައްސަރިބަސް ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުގެ ފަރާތުން މިފަދަ ހިތްވަރުގަދަ ނިންމެވުންތައް ފެނިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ.

ދިވެހި ސަރުކާރުން މިއަދުވަނީ މީގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އިސްރާއިލާއެކު ވެފައިވާ ތިންއެއްބަސްވުމެއްވެސް އުވާލައިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.