ޤާޒާ ފަންޑު ފޮށި ހުޅުމާލޭގައިވެސް ބަހައްޓައިފިއެވެ.
ހުޅުމާލޭގައި ފަންޑު ފޮށި ބެހެއްޓުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލޭ 2 ވަނަ ބަސް ސްޓޮޕް ކައިރީގައެވެ. އިއްޔެ ހަވީރު 4:15 ގައި ފަންޑު ފޮށީ ބެހެއްޓުމުން ގިނަ ބަޔަކު ވަނީ ފަންޑު ފޮއްޓަށް ފައިސާ އަޅާފައެވެ.
ލިންކް: ގާޒާ ފަންޑް މޯލްޑިވްސް” ގެ ޕޭޖް
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އަދާލަތު ޕާޓީން އިސްނަގައިގެން ހުޅުވި މިފަންޑުގައި މަދަނީ ޖަމިއްޔާތަކުންވެސް ބައިވެރިވެއެވެ. ފަންޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު އުސްތާޒް އަލީ ޒާހިރު ވިދާޅުވީ “މިކަން ކުރަމުން މިދަނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިގެން” ކަމަށެވެ.
“ގާޒާ ފަންޑަށް ޖަމާކުރާ ފައިސާ ފަލަސްތީނު ރައްޔިތުންނާ ހަވާލު ކުރެވޭނީ ގަތަރުގެ ރެޑް ކްރެސެންޓާރ މެދުވެރިކޮށް. އެފަރާތުން ވަނީ އެގޮތަށް އެދިފަ.”ކަމަށް އަލީ ޒާހިރު އިތުރަށް ވިދާޅުވިއެވެ.
ޣައްޒާ ފަންޑު ހުޅުވުމާއި އެކު ގިނަ ބަޔަކު ފަންޑަށް ފައިސާ ޖަމާ ކުރަން ފަށާފައި ވާއިރު، ފުރަތަމަ ދުވަހުގެ ނިޔަލަށް ވަނީ ފަސްދޮޅަސް ހާހެއްހާ ރުފިޔާ ލިބިފައެވެ.
“ޣައްޒާ ފަންޑް މޯލްޑިވްސް”ގެ ފަންޑު ފޮށިތައް ހުޅުމާލޭގެ އިތުރުން މާލޭގެ ފާހަގަކޮށްލެވޭ އެކި ސަރަހައްދުތަކުގައި ބަހައްޓަމުން ގެންދެއެވެ. އެގޮތުން އިސްލާމީ މަރުކަޒު، ފުރުޤާން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، އަދި އަދާލަތު ޕާޓީ އޮފީހުގައި ފަންޑު ފޮށި ބަހައްޓައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...