ގާޒާއަށް ކިތަންމެ ކުޑަ އަދަދެއްގެ ފައިސާ ކޮޅެއް ނަމަވެސް ހަދިޔާ ކޮށްދެއްވެއްވުމަށް އިލްތިމާސްކުރާކަމަށް އަސްއަދު އަބްދުލްޣަނީ ވިދާޅުވެއްޖެއެވެ.
ނަސަންދުރަ ޕެލަސް ހޮޓަލުގައި “ގާޒާ ފަންޑް މޯލްޑިވްސް” އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަސްއަދު އަބްދުލްޣަނީ ވިދާޅުވީ "ރާއްޖޭގެ ބަޔަކު އިސްނަގައިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ފަންޑެއް ހުޅުވައި ދެއްވީތީ، އެފަރާތްތަކަށް ޝުކުރުއަދާކުރާ"ކަމަށާއި "ގާޒާގެ ރައްޔިތުންނަށް ޓަކައި ކިތަންމެ ކުޑަ އަދަދެއްގެ ފައިސާ ކޮޅެއް ނަމަވެސް ހަދިޔާ ކޮށްދިނުމަށް އިލްތިމާސް ކުރާ"ކަމަށެވެ.
ލިންކް: ގާޒާ ފަންޑް މޯލްޑިވްސް” ގެ ޕޭޖް
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އަދާލަތު ޕާޓީން އިސްނަގައިގެން ހުޅުވި މިފަންޑުގައި މަދަނީ ޖަމިއްޔާތަކުންވެސް ބައިވެރިވެއެވެ.
“ގާޒާ ފަންޑް މޯލްޑިވްސް” ރަސްމީކޮށް ހުޅުވާފައިވާއިރު ފަންޑު ފޮށިތައް މާލޭގެ ފާހަގަކޮށްލެވޭ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިސްލާމީ މަރުކަޒު، ފުރުޤާން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ހުޅުމާލެ، ވިލިގިލި އަދި އަދާލަތު ޕާޓީ އޮފީހުގައި ފަންޑު ފޮށި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...