ޕުރޮޓެކްޓިވް އެޑްޖްގެ ނަމުގައި ޓެރަރިސްޓް އިސްރާއިލުން ފަލަސްތީނަށް ދޭންފެށި އިންސާނިއްޔަތާއި ހިލާފު ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުން ދެމުންގެންދާ ރޮކެޓް ހަމަލާތަކުގައި އިސްރާއިލްގެ އެކަކު އިއްޔެ މަރުވެއްޖެއެވެ.
މިކަން އިސްރާއިލުންވެސްވަނީ ކަށަވަރު ކޮށްދީފައެވެ. މިގޮތުން ޖެރޫސަލަމް ޕޯސްޓުގައި ލިޔެފައިވަނީ ފަލަސްތީނުން ފޮނުވައިލި ރޮކެޓް ހަމަލާގައި މަރުވެފައިވަނީ އިސްރާއިލްގެ ސިފައިންނަށް ކާނާއާއި ބޯފެން ފޯރުކޮށްދިނުމަށް ވޮލެންޓިއަރެއްގެ ގޮތުން ހަރަކާތްތެރިވި އުމުރުން 37 އަހަރުގެ ޑުރޯރް ޗޭނީ ކަމަށެވެ.
އިސްރާއިލުން ފަލަސްތީނާއި ދެކޮޅަށް ލާއިންސާނީ އުދުވާންދިނުން މިރަމަޟާންމަހު ފަށައިފައިވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއިލަށް ދެމުންގެންދާ ރޮކެޓް ހަމަލާތަކުން ދިފާއުވުމުގެ ނަމުގައެވެ. ނަމަވެސް މިއީ މިފަދަ ރޮކެޓް ހަމަލާއަކުން މިފަހުގެ ތާރީހެއްގައި އިސްރާއިލުގެ މީހަކު މަރުވި ފުރަތަމަ ފަހަރެވެ. ނަމަވެސް ފާއިތުވެދިޔަ ނުވަދުވަހުގެ ތެރޭގައި އިސްރާއިލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 200 އަށްވުރެ ގިން މީހުން ޝަހީދުވެފައި ވެއެވެ. މީގެތެރޭގައި ގިނައަދަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.
އިސްރާއިލުގެ މިހަރުކަށި ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޑުއުފުލަން ފެށިފަހުން އިސްރާއިލުންވަނީ މިހަމަލާތައް ހުއްޓާލަން ބޭނުންވާކަން ހާމަކޮށްފައެވެ. ނަމަވެސް ފަލަސްތީނުގެ ދިފާއުގައި ޖިހާދުކުރަމުންދާ ޖަމާއަތްތަކުން ބުނެފައިވަނީ ނަމެއްގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސް ނުވާނެކަމަށާއި ޣައްޒާއާއި ދެކޮޅަށް އަޅައިފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް އިސްރާއިލުން ދެކޮޅުހަދާ އެއްބަސްވުމެއް ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގެ ސަބަބުން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ އަތްތައް ކަސްތަޅުއެޅި ހިސާރެއްގެ ދަށުގައި ތާއަބަދަށް ތިބެން ބޭނުންނުވާ ކަމަށާއި އެއަށްވުރެ ޝަރަފާއި ކަރާމާތުގައި ޝަހީދުވެގެންދިއުން މާރަނގަޅު ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...