މިއީ ވަރަށް ގިނަ ބޭފުޅުން މިހާރަކަށް އައިސް ދައްކަވާ ވާހަކައެކެވެ. އިޒްރޭލުގެ އަ"ކޮބާތޯ ތަފާތަކީ މި ވިސްނުމާއި ހިޓްލަރުގެ ވިސްނުމާ ހުރި ތަފާތަކީ؟" އިޒްރޭލުގެ ވިސްނުމަށް އިޝާރާތްކުރައްވާ ތުރުކީގެ ބޮޑުވަޒީރު ޢުރުދުޢާން ދާދިފަހުން ވިދާޅުވެފައިވެއެވެ.
ނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާތީ އެކަމަށް އިޝާރާތްކޮށް "ހިޓްލަރާއި ނަތަންޔާހޫ އާ ތަފާތެއް ނެތް" ކަމަށް ބުނެއެވެ.
ހިޓްލަރު ގެ ވިސްނުމަކީ ޔަހޫދީން މަރާ ހުސްކުރުމެވެ. ޔަހޫދީންނަށް މާޒީގައި ހީޓްލަރުގެ ފަރާތުން ވަރަށް ބޮޑު ދުއްތުރާ ތަކެއް ކުރިމަތިކުރުވިއެވެ. ދިރި ތިއްބާ އަންދާލުމުގެ އިތުރުން އެތައް އަނިޔާއެއް ހިޓްލަރުގެ ފަރާތުން ޔަހޫދީންނަށް ލިބިފައިވެއެވެ. އެހެންކަމުން ޔަހޫދީންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަމްދަރުދީ ލިބިގެންދިޔައެވެ.
ނަތަންޔާހޫގެ އިތުރުން އިޒްރޭލުގެ ވެރިކަންކުރާ ކޮންމެ މީހަކީ ވަކި ހިޓްލަރަށް ދޫކުރާނެ މީހެއް ނޫނެވެ. ކޮންމެ ވެރިޔަކީވެސް އަނިޔާވެރިކަމުން ހައްދުފަހަނައަޅާފައިވާ މީހެއްކަން ތާރީހުގެ ފަތްފުށްތަކުން އެނގި ސާބިތުވެއެވެ. އިޒްރޭލުގެ ވެރިން މަސައްކަތް ކުރަނީ ހިޓްލަރު ޔަހޫދީން މަރާ ހުސްކުރަން ބޭނުންވިހެން ފަލަސްތީނުގެ މުސްލިމުން މަރާ ހުސްކުރާށެވެ. ޔަހޫދީން ބޭނުންވަނީ ދުނިޔޭގެ އެތައް މިތަނުގައި ތިބި ޔަހޫދީން ފަލަސްތީނުގެ ބިމަށް ޖަމާކޮށް އެމީހުންގެ ވަކި ބާރެއް "އިޒްރޭލް"ގެ ނަމުގައި ޤާއިމްކުރުމަށެވެ. މިމަޤްސަދުގައި ފަލަސްތީނުގެ އެތައް ބަޔަކު ދަނީ މަރަމުންނެވެ.
ތުރުކީގެ ބޮޑުވަޒީރު ޢުރުދުޢާން ވިދާޅުވީ ހަމަ ތެދުވާހަކައެކެވެ. އިޒްރޭލުގެ ވިސްނުމާއި ހިޓްލަރުގެ ވިސްނުމާ ތަފާތެއް ނެތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...