ރާއްޖޭގެ ޚަބަރު ސިޔާސީ ޕާޓީތައް ވެސް "ފަލަސްތީނާ އެކު ދިވެހިން" ހިނގާލުމުގައި ބައިވެރިވަނީ

ސިޔާސީ ޕާޓީތައް ވެސް "ފަލަސްތީނާ އެކު ދިވެހިން" ހިނގާލުމުގައި ބައިވެރިވަނީ

ސިޔާސީ ޕާޓީތައް ވެސް "ފަލަސްތީނާ އެކު ދިވެހިން" ހިނގާލުމުގައި ބައިވެރިވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިޔާސީ ޕާޓީތައް ވެސް "ފަލަސްތީނާ އެކު ދިވެހިން" ހިނގާލުމުގައި ބައިވެރިވުމަށް ނިންމައިފިއެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރުމުގެ ގޮތުން ބާއްވާ ހިނގާލުމުގައި ސިޔާސީ 6 ޕާޓީއަކުންވެސް ބައިވެރިވުމަށް ނިންމާ އެކަން އިއުލާން ކުރީ މިއަދު މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ޕާޓީއެއްގެ ފަރާތުން ބޭފުޅުން ބައިވެރިވެފައިވެއެވެ.

"ޕާޓީން ހިނގާލުމުގައި ބައިވެރިވަނީ އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ދިވެހިން ތިބިކަން ބައިނަލް އަގުވާމީ ދުނިޔެއަށް އެންގުމުގެ މަގުސަދުގައި" ކަމަށް ނޫސްކޮންފަރެންސްގައި ވާހަކަ ދެއްކެވި ޢަދާލަތު ޕާޓީގެ ތަރުޖަމާނު ޝެއިޚް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މުހައްމަދު އަޒްމީލް ވިދާޅުވީ "އުއްމަތަށް ބޮޑު ކަމެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެންގެ ސިޔާސީ ވިސްނުން އަދި ތަފާތުވި ކަމުގައި ވިއަސް މިކަހަކަ ކަމެއްގައި އެއްބަސްކިޔާފަ ނިކުންނަ ވެއްޖެ ކަމަށްވާނަމަ ނިކުންނާނެކަން،" އަންގައިދިިނުމުގެ ގޮތުންނެވެ.

ޒުވާނުންތަކެއް އިސްނަގައިގެން މާދާމާ ރޭ ބާއްވާ ހިނގާލުމުގައި ސިޔާސީ ޕާޓީއެއްގެ އެއްވެސް ނިޝާނެވެސް އަދި ޕާޓީއެއްގެ ދިދަ ވެސް ބޭނުން ނުކުރެވޭނެއެވެ.

"ފަލަސްތީނާއި އެކު ދިވެހިން މިނަމުގައި ބާއްވާ މިހިނގާލުން ފެށޭނީ މާދަމާ ރޭ 9:30 ގައި ޝޯސަލް ސެންޓަރު ކުރިމަތިން ނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.