ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ގޫގުލްމެޕްސް އިން ފަލަސްޠީނު ގެއްލިއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނި ގޫގުލުގެ މެޕްސް އިން ފަލަސްޠީނު ކިޔާ ޤައުމެއް ވުޖޫދުގައި ނުވާކަން ދެއްކުމަށް ފަލަސްޠީނުގެ ބިންތައް ޣަސްބުން ފޭރިގަނެގެން ތިބި ޔަހޫދީ އިޒްރޭލަކީ ފަލަސްޠީނުގެ ވެރިން ކަމަށް ހަދައި ދުނިޔޭގެ ޗާޓުގައި މިހާރު ހިމަނާފައި ވަނީ އިޒްރޭލުގެ ނަމެވެ.
މީގެ އިތުރުން ފަލަސްޠީނުގެ އަވަށް ތަކާއި ރަށްތަކަކީ ވެސް ޔަހޫދީ އިޒްރޭލުގެ ތަންތަނުގެ ގޮތުގައި ބައިނަލް އަޤްވާމީ ޤާނޫނު ތަކާއި ޤަވާޢިދު ތަކާއި އދގެ މުޢާހަދާ ތަކާއި ވެސް ޚިލާފަށް ގޫގުލުން އެމީހުން ހަދައިގެން އުޅޭ ދުނިޔޭގެ ޗާޓުގައި ހިމަނާފައި ވަނީ ފަހުގެ ޖީލު ތަކަށް ފަލަސްޠީނުގެ ޙަޤީޤަތް އޮޅުވާލުމަށް ޔަހޫދީން ކުރަމުން ގެންދާ އަޑިނޭނގޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
އިޒްރޭލުގެ ޔަހޫދީންނާއި ގުޅިގެން ގޫގުލުން ހިންގާފައިވާ މި ބޮޑު ޖަރީމާގައި ފަލަސްޠީނުގެ ޙަޤީޤަތް ސިއްރު ސިއްރުން ބަދަލު ކުރަން އުޅުނު ނަމަވެސް މި ޙަޤީޤަތަކީ ގޫގުލަށް ވެސް އަދި ޔަހޫދީންނަށް ވެސް ދުވަހަކު ވެސް ބަދަލު ކުރެވޭނެ ޙަޤީޤަތެއް ނޫނެވެ.
މިކަން މިގޮތަށް ހިނގާފައި ވަނީ ގޫގުލްގެ ފައުންޑަރ ލެރީޕޭޖްގެ މަންމަ އަކީ ޔަހޫދީ އަކަށް ވުމުން ކަމެއް ނުވަތަ ގޫގުލްގެ ކޯ ފައުންޑަރ ސާރޖޭ ބްރައިން އަކީ ރަޝިޔާގެ ޔަހޫދީ ޢާއިލާ އަކަށް އުފަން ޔަހޫދީ އަކަށް ވުމުން ކަމެއް ޔަޤީން ކޮށް ދަންނަވަން ނޭނގުނު ނަމަވެސް ގޫގުލްގެ ދެ ވެރިންނަކީ އެމެރިކާގެ މުސްއަނދި ޔަހޫދީ ވިޔަފާރިވެރިންގެ ލިސްޓުގައި ހިމެނޭ ދެމީހުން ކަން ފާހަގަ ކޮށްލެވެއެވެ. އަދި މި ދެމީހުންނަކީވެސް ޔަހޫދީން ކަމަށް އެމީހުންނާ ބެހޭ މަޢުލޫމާތު ގެނެސްދީފައިވާ އިންޓަރނެޓުގެ ބައެއް ވެބްސައިޓް ތަކުން ކަށަވަރު ކޮށްދެއެވެ.
ދުނިޔެ ކޮންޓްރޯލް ކުރާ ޔަހޫދީ ވެރިންގެ މަޢުލޫމާތު ހޯއްދެވުމަށް ބައްލަވާ . . .
އެހެން ނަމަވެސް ދުނިޔޭގެ ގިނަ ބަޔަކު މަޢުލޫމާތު ހޯދުމަށް ކޮންމެ ޙާލަތެއްގައި ވެސް ބޭނުން ކުރަމުން ގެންދާ ގޫގުލުން ބޭނުން ކޮންމެ ޙާލަތެއްގައި ދޮގު މަޢުލޫމާތު ދީގެން މީހުން ވާ ވައްދާލަފާނެތީ މިފަދަ ކަންކަމަށް މުސްލިމުން ހޭލާން ޖެހެއެވެ.
މިއަދު ދުނިޔޭގައި ބިލިޔަކަށްވުރެ ގިނަ މުސްލިމުން ހެވިފައި ތިބެގެން ބޭނުން ކުރަމުން މި ގެންދާ ގޫގުލް އާއި ފޭސްބުކް، ވިކިޕީޑިޔާ، ޔާހޫ، މައި ސްޕޭސް އަދި އީބޭ ފަދަ ސައިޓް ތަކުގެ ވިޔަފާރި ހިންގަނީ މުސްލިމުންނަށް ވީނަމަވެސް މުސްލިމުންގެ އަތުން މި ފަދަ ސައިޓް ތަކުން ނަގާ ފައިސާ އާއި މުސްލިމުން މި ސައިޓް ތައް ބޭނުން ކުރުމުން ލިބޭ ފައިސާ ހޭދަ ކުރަނީ މުސްލިމު ޤައުމު ތައް ދުނިޔެއިން ފޮހެލުމަށާއި، މުސްލިމުންގެ ބޮލަށް ބޮން އަޅައި އިސްލާމުންގެ ވަސް މިބިންމަތިން ފޮހެލުމަށް ކަން އެނގޭނަމަ މި ތަކެތީގެ ބޭނުން ހިފާނީ ކިތައް މުސްލިމުންތޯ ސުވާލު އުފެދެއެވެ.
އަދި ގޫގުލް ފަދަ ސާޗް އިންޖީނު ތައް މުސްލިމުން އަމިއްލަ އަށް އީޖާދު ކޮށް އުފައްދަން ޖެހެނީ މިފަދަ ސަބަބު ތަކާއި ހުރެއެވެ.
ދުނިޔޭގައި ޓެކްނޮލޮޖީ އާއި ޢިލްމީ ގޮތުން އެންމެ ކުރި އަރާފައިވާ ބަޔަކީ މުސްލިމުން ކަމުގައި ވެގެން ގޮސްފައި ވަނީ މާޒީގަ އެވެ. އެހެނަސް އެ ޝަރަފާއި ޤަދަރު މުސްލިމުންނަށް ގެއްލިގެން ދިޔައީ ދުނިޔޭގެ ޖާހާއި އަމިއްލަ ޖާނާއި މާލުގެ ރައްކަލަށް މެދު އިރުމައްޗާއި ޢަރަބި އިސްލާމީ ޤައުމު ތަކުގެ މުނާފިޤު ވެރިން ޔަހޫދީންނަށް ބައިއަތު ހިފުމުންނެވެ.
މާތް ﷲ މުނާފިޤު ވެރިންގެ ކިބައިން އިސްލާމީ އުއްމަތް ސަލާމަތް ކުރައްވާށިއެވެ. އިސްލާމީ އުއްމަތުގެ މައްޗަށް މިއަދު ފާވެފައިވާ ޤައުމިއްޔަތާއި ޑިމޮކްރަސީގެ ވަބާއިން މުސްލިމުން މިންޖު ކޮށްދެއްވާ އަލުން އެއްބައިވަންތަ އެއް އުއްމަތެއްގެ ގޮތުގައި ލައްވާންދޭވެ!

ކޮމެންޓް (0)
ލޯޑް ކުރަމުން...