ކުއްފާރުންގެ އަތުން މުސްލިމުންނަށް ލިބޭ އަނިޔާގެ ސަބަބަކީ މުސްލިމުން ދީނާ ދުރުވުންކަމުގައި ޝެއިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަންކޮޅުގައި މުސްލިމުންނަށް ދިމާވަމުންދާ އަނިޔާއާއި ބެހޭ ގޮތުން ދިއިސްލާމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝެއިޚް އާދަމް ޝަމީމް ވިދާޅުވީ "ކުއްފާރުންގެ އަތުން މުސްލިމުންނަށް ލިބޭ މި އަނިޔާގެ ސަބަބަކީ މުސްލިމުން ދީނަ ދުރުވެ ޣާފިލުވެ, ކުއްފާރުން ދެކެ ލޯބިވެ, މި މާތް ދީނުގެ އަޤީދަ އާ އަޅުކަމާއި އަޚްލާޤު ދޫކޮށް ﷲ އާއި ރަސޫލާ ގެ މަގުން ކަސިޔާރު ވުމުގެ ސަބަބުން."ކަމަށެވެ. އަދި މިކަމުގެ ހައްލާއި ބެހޭ ގޮތުން ޝެއިޚް ޝަމީމް ވިދާޅުވީ "މީގެ ހައްލަކީ މުސްލިމުން, ދީނަށް އެނބުރި ރުޖޫއަވުން. ޝަރުއީ ސަބަބު ތަކުގަ ހިފައި އުނގެނި ދަސްކޮށް ހުރިހާ ގޮތަކުން ތައްޔާރު ވުމުން. މާތް ﷲ މި މާތް ދީނަށް ނަސްރު ދެއްވާށި.. އާމީން." ޝެއިޚް ވިދާޅުވިއެވެ.
"ފަލަސްތީން, ސީރިޔާ، އިރާޤް، އަފްޣާން އަދި އެހެނިގެން ގިނަ ޤައުމުތަކަކީ އުންމަތުގަ ހުރި, ބޮޑެތި ޒަޚާމްތައް. ބޮޑެތި ވޭނާ ހިތާމަ. މި އުންމަތައް ޖެހިފައި އޮތް ވަރަށް ބޮޑު އިމްތިހާނެއް. އެއަށް ކެތްތެރި ވުމާއި އޭގެ ސައްހަ ރަނގަޅު ފަރުވާ ހޯދުމަށް އުންމަތުގެ ވެރިންނާއި އިލްމުވެރިން އަދި އާންމު މުސްލިމުން ވިސްނުމަކީ ވާޖިބެއް." ޝެއިޚް އާދަމް ޝަމީމް އިތުރަށް ވިދާޅުވިއެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް އަމާޒުކޮށް ހަމަލާތައް ދީ ގައުމުތަކަށް އަރައިގަނެ ޤަތުލް އާންމުތައް ހިންގަމުންދާއިރު ބައެއް އިސްލާމީ ޤައުމަތުގައި ކާފަރުންގެ ލަޝްކަރާއި ދަނީ ބައިވެރިވަމުންވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...