ފަލަސްތީނަކީ މުސްލިމުންގެ ހިތްކަމަށާއި ފަލަސްތީނު ރައްޔިތުންގެ ހާލަތާ މެދު އަޅުގަނޑުމެން ހިތާމަކުރާކަމަށް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ "ފަލަސްތީނުގެ ރައްޔިތުންނަށް ވެދެވެން އޮތް އެހީތެެރިކަމެއް ފޯރުކޮށްދޭން އަޅުގަނޑުމެން މަސައްކަތް ކުރާނެ"ކަމަށާއި "ފަލަސްތީނު ރައްޔިތުންގެ ހާލަތާ މެދު އަޅުގަނޑުމެން ހިތާމަކުރާ" ކަމަށެވެ.
ޢަދާލަތު ޕާޓީއިން ޤާއިމްކުރާ ފަލަސްތީން ރިލީފް ފަންޑާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝެއިޚް އިމްރާން އިތުރަށް ވިދާޅުވީ "އަޅުގަނޑުމެން އެދެން ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގައި ދިވެހިންނަކީ މިސާލެއް ކަމުގައި ވުމަށް"ކަމަށެވެ.
"ފަލަސްތީނަކީ މުސްލިމުންގެ ހިތް. އެތަނަކީ މުސްލިމުންގެ ފުރަތަމަ ގިބްލަ މަސްޖިދުލް އަގްސާ ހުރި، މުސްލިމުންގެ ހިތާއި ރޫހާ ގުޅިފައިވާ ތަނެއް. ފަލަސްތީނަކީ ރާއްޖެއާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް. އެގުޅުން ކުރިއަށް އޮތް ތަނުގައި އިިތުރަށް ވަރުގަދަކުރަން އެބަޖެހޭ." ޝެއިޚް އިމްރާން ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހާލު ބަލައި އެހީތެރިވުމަށް ކުރާ މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޝެއިޚް އިމްރާން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...