މުސްލިމުން، އެމީހުން ބޭނުން އިރަކު، އެމީހުން އެދޭ ކޮންމެ ތާކު، ބުރުގާ އަޅައިގެން އުޅުން ހުއްދަކުރާ ޤާނޫނެއް އާޖެންޓީނާގައި ފާސްކޮސްފިއެވެ. މި ޤަނޫނާއެކު، އައިޑީ ކާޑާއީ، ޕާސްޕޯޓުފަދަ ތަކެތީގައިވެސް ބުރުގާ އަޅައިގެން ނަގައިފާ ހުންނަ ފޮޓޯ ބޭނުންކުރުންވަނީ ހުއްދަވެގެން ގޮސްފައެވެ.
މި ޤާނޫނަކީ އާޖެންޓީނާގެ ސަރުކާރުން އިސްނަގައިގެން މުސްލިމުންގެ ހައްޤުތަށް ދިފާއުކޮށްދީ، މުސްލިމުންނަށްވެސް އެމީހުންގެ ހައްޤުތަށް ލިއްބައިދިނުމުގެ ގޮތުން އެކުލަވައިލި ޤާނޫނެކެވެ. މި ޤަނޫނުގެ ސަބަބުން، އާޖެންޓީނާގެ މުސްލިމުން އެކަތި ގަނޑަކަށް ހަދައިދީ އާޖެންޓީނާގެ މުސްލިމުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން ދާނެކަމަށް ބެލެވެއެވެ.
އާޖެންޓީނާގެ ރައީސާ ކްރިސްޓީނާ ފެނާންޑޭޒް ވިދާޅުވީ، އެއްވެސް ބަޔަކަށް، ވަކި ގޮތަކަށް އުޅުމަށް މަޖުބޫރުކުރެވިގެން ނުވާނެކަމަށެވެ. އާޖެންޓީނާގެ އިސްލާމިކް ސެންޓަރ ގެ ޑިރެކްޓާ ސާމިރް ސާލިހް ވަނީ، ސަރުކާރުން ފާސްކޮށްދެއްވި ޤާނޫނަށްޓަކައި، ސަރުކާރަށް މަރުޙަބާ ދަންނަވާފައެވެ.
2009 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާގޮތުން އާޖެންޓީނާގެ އާބާދީގައި، މުސްލިމުން ހިއްސާކުރާ ނިސްބަތަކީ އެންމެ 2 އިންސައްތައެވެ.

















ﷲ އަކްބަރް!