ބޭނުންވާ ތަކެތި:
1 ލިޓަރު ފެން
5 އިންޗި ހުންނަވަރުގެ ރާނބާ ފަތް
10 ކާފޫރު ތޮޅި
2 އިންޗި ހުންނަވަރުގެ ފޮނިތޮށި
8 ގްރާމު އަގަރު އަގަރު ޕައުޑަރ (ހަލުވިދާ)
250 ގްރާމު ހަކުރު
ކުޑަ ވެނީލާ އެސެންސް ފޮދެއް
2 ކުރުނބަލުގެ ހެވާ
100 ގްރާމު އަލަނާސި
3 ވަށް ދޮންކެޔޮ
1 ފޭރު (މެދު ސައިޒުގެ)
2 ލުނބޮލުގެ ހުތް
3 މޭޒުމަތީ ސަމުސާ މެންގޯ ޖޫސް
50 ގްރާމު ހަކުރު (ފުރުޓު ސެލެޑު ހެދުމަށް)
ހައްދަވާނެ ގޮތް:
ފުރަތަމަ ހަލުވިދާ ކެއްކުމަށް ފެންފޮދާއި ރާނބާ ފަތް، ފޮނިތޮށި، ކާފޫރު ތޮޅި ރަނގަޅަށް ފެންފޮދުގައި ރަހަ ހިފަންދެން ކައްކުވާށެވެ. އަދި ފެންފޮދު ކެކުމުން ފުރާނާލާށެވެ. އަދި ކެއްކި އިރު މަދުވި ފެނަށް 1 ލިޓަރު ހަމަވާ ވަރަށް ފެން އަޅާށެވެ. ދެން އަނެއްކާވެސް އުނދުން މައްޗަށް އުނދުމަށްފަހު ރަނގަޅަށް ފެންފޮދު ކެކެން ފެށުމުން ހަކުރާއި ހަލުވިދާ ޕައުޑަރު އެއްކޮށްލުމަށްފަހު މަޑުމަޑުން ފެނުގެ ތެރެޔަށް އެއްކޮށްލުމަށްފަހު އިތުރު 10 މިނެޓު ކައްކާށެވެ. އެއަށްފަހު ކޭކު ފިހާ ކަހަލަ ޓްރޭއަކަށް އެޅުމަށްފަހު ސެޓު ވެލަންދެން ބޭރުގައި ބެހެއްޓުމަށްފަހު އައިސްއަލަމާރިއަށްލާ ރަނގަޅަށް ފިނިކޮށްލާށެވެ.
ދެން ފުރުޓު ސެލެޑު ހެދުމަށް ފުރަތަމަ ކުޑަ ފެންފޮދަކާއި ލުނބޯ ހުތް އަދި ހަކުރު ރަނގަޅަށް ހަކުރު ވިރެންދެން ގިރާލާށެވެ. ފުރަތަމަ ދޮންކެޔޮ ކޮށާލުމަށްފަހު ސިރަޕުކޮޅާ މަޑުމަޑުން އެއްކޮށްލާށެވެ. ދެން ބާކީ ހުރި ފުރުޓު ކޮށާލުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ. އަދި ހަލުވިދާ ވެސް ފުރުޓު ކޮޅު ކޮށި ސައިޒަށް ކޮށާލުމަށްފަހު މެންގޯ ޖޫސް އަޅުއްވައިގެން މަޑުމަޑުން މޮޑެލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...