ބޭނުންވާ ތަކެތި:
1 ކިލޯ ކުކުޅު (ކަށިނެގުމަށްފަހު ކުދިކޮށް ކޮށާފައި)
ފޮޓޯ: ޝޯމީދަކަރީ.ކޮމް
3 މޭޒުމަތީ ސަމުސާ ކޮތަނބިރި
3 މޭޒުމަތީ ސަމުސާ ކާދިރި
5 ހިކިމިރުސް
ކުޑަ އަސޭމިރުސްކޮޅެއް
2 ކާށި ހުނި
5 ލޮނުމެދު
2 ހިކަނދިފަތް
ކުޑަ ރާނބާފަތް ކޮޅެއް
ކުޑަ ފޮނިތޮށި ކޮޅެއް
5 ޓޮމާޓޯ
5 ފިޔާ
4 ތޮޅިމިރުސް
ކުޑަ ތެޔޮ ފޮދެއް
ކުޑަ ކާފޫރުތޮޅި ކޮޅެއް
ހައްދަވާނެ ގޮތް:
- ކުކުޅު މަދު ރިހަ ހެއްދެވުމަށް ފުރަތަމަ ހުރިހާ ހަވާދުގެ ބާވަތްތައް ތަވައެއްގައި ހަނާކޮށްލައްވާށެވެ. ހަވާދުކޮޅު ހިހޫވުމުން ގްރައިންޑަރުން ރަނގަޅަށް ކުޑަ ފެންފޮދެއް އަޅުއްވައިގެން ހިމުންކޮށް މުގުރާލައްވާށެވެ.
- ދެން ގާނާފައިހުރި ކާށިހުންޏާއި ހިކަނދިފަތްކޮޅުވެސް ތަވައެއްގައި މަޑުގިނީގައި ކުޑަކޮށް ކުލަ އަރަންދެން ހަނާކޮށްލައްވާށެވެ. ހަނާކުރި ކާށިހުނިކޮޅު ކުޑަކޮށް ހިހޫވުމުން ބްލެންޑަރުގައި 2 ޖޯޑު ފެނުގައި ރަނގަޅަށް ގިރާލުމަށްފަހު ކިރު ނަންގަވާށެވެ.
- ދެން ތެޔޮފޮދުގައި ފިޔާ، ތޮޅިމިރުސް، ލޮނުމެދު އަދި ފޮނިތޮށި ކާފޫރުތޮޅި އަދި ރާނބާފަތް، ޓޮމާޓޯ ރަތްކޮށްލައްވާށެވެ. އެއަށްފަހު މުގުރާފައި ހުރި ހަވާދާއި ކުކުޅު އެޅުމަށްފަހު މަޑުގިނީގައި މަތިޖައްސަވާގެން ދެބައި ހަމަޔަށް ރޯފިލާވަރަށް ކައްކާލައްވާށެވެ. އެއަށްފަހު ކާށިކިރު އެޅުމަށްފަހު ކައްކާލައްވާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...