ބޭނުންވާ ތަކެތި:
550 ގްރާމް ހިމުން ހަކުރު
12 ގްރާމް ލޮނު
450 ގުރާމް ގޮދަން ފުށް
10 ގްރާމް މުގުރި ފޮނިތޮށި
7 ގްރާމް ބޭކިންގ ޕައުޑަރ
2 ގްރާމް ބޭކިންގ ސޮޑާ
500 ގްރާމް ކުކުޅު ބިސް
400 މިލިލިޓަރ ކުކިންގ އޮއިލް
500 ގްރާމް ކެރެޓް (ގާނާފައިހުރި)
155 ގްރާމް ކަނަމަދު
ހައްދަވާނެގޮތް:
1- ކެރެޓް ކޭކު ހެއްދެވުމަށް ފުރަތަމަ ވެސް ގޮދަންފުށާއި ބޭކިންގ ޕައުޑަރ، ބޭކިންގ ސޮޑާ އަދި މުގުރި ފޮނިތޮށިކޮޅު ފުރޭންޏަކުން ފުރާނާލައްވާށެވެ.
2- ދެން މިކްސްޗަރަކުން ކުކުޅުބިސް ރަނގަޅަށް އޮލަވަންދެން މެދުމިނެއްގައި ގިރާލައްވާށެވެ. އެއަށްފަހު ތެޔޮފޮދު އަޅާލައްވާށެވެ. އެއަށްފަހު ބާރު ސްޕީޑުގައި 3 މިނެޓުވަރު ގިރާލައްވާށެވެ. ދެން ހަކުރު އެޅުއްވުމަށްފަހު އިތުރު 3 މިނިޓު ބާރު ސްޕީޑުގައި ގިރާލައްވާށެވެ.
4- ދެން ތަންކޮޅެއް ފުން ތައްޓަކަށް އަޅާލައްވާށެވެ. މަދުމަދުން ގޮދަންފުށް އެއްކޮށްލައްވާށެވެ. އެއަށްފަހު ގާނާފައިހުރި ކެރެޓާއި ކަނަމަދު އެއްކޮށްލައްވާށެވެ.
5- ދެން އެއަށްފަހު ކޭކު ފިހުމަށް ތައްޔާރު ކުރައްވާފައި ހުރި ޓްރޭގައި 170 ޑިގްރީގައި މައްޗަށް ރަނގަޅަށް ކުލައަރަންދެން ފިއްސަވާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...