ސުފުރާ ތަރުކާރީ ސުރުވާ

ތަރުކާރީ ސުރުވާ

ތަރުކާރީ ސުރުވާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި:

2 ގްރާމު ޗިކަން ބްރެސްޓް (ތުތުމަހަށް ވާގޮތަށް ކޮށާފައި)

3 ފިޔާ

3 ލޮނުމެދު

1 ގަސް ލީކްސް

3 ކެރެޓު

400 ގްރާމު ކެބެޖު

400 ގްރާމު ބަރަބޯ

2 ރިހަ މިރުސް

1 ގިތެޔޮ މިރުސް

ލޮނު، އަސޭމިރުސް

ކުޑަ އަޖިނަމޮޓޯކޮޅެއް

ކުޑަ ހިކަނދި ފަތްކޮޅެއް

7 ޖޯޑު ފެން

ކުޑަ ތެޔޮފޮދެއް ނުވަތަ ބަޓަރުކޮޅެއް

ހައްދަވާނެގޮތް:

ތަރުކާރީ ސުރުވާ ހެދުމަށް ފިޔާކޮޅާއި ލޮނުމެދު، ހިކަނދިފަތް، ގިތެޔޮ މިރުސް ތެޔޮފޮދުގައި ރަތްކޮށްލުމަށްފަހު ކުކުޅުކޮޅު އަޅައިގެން ރަނގަޅަށް ރޯފިލަންދެން ކައްކާށެވެ. އެއަށްފަހު ތަރުކާރީކޮޅު އެޅުމަށްފަހު 5 ވަރަކަށް މިނެޓު ހަނާކޮށްލާށެވެ. ދެން ފެން އަޅައިގެން ރަނގަޅަށް ތަރުކާރީކޮޅު ރޯފިލަންދެން ކައްކާށެވެ. އެއަށްފަހު ކުކުޅުކޮޅު ވަކިން ނަގާށެވެ. ދެން ބައިހަމައަށް ހިހޫވުމުން ބްލެންޑަރުގައި ރަނގަޅަށް ހިމުންވަންދެން ގިރާލާށެވެ. ދެން ކުކުޅުކޮޅު އެޅުމަށްފަހު ލޮނު، އަސޭމިރުހާއި، އަޖިނަމޮޓޯ އަޅައިގެން ކައްކާލާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.