ބޭނުންވާ ތަކެތި:
500 ގްރާމު ގޮދަން ފުށް
6 ގްރާމު ހިކި ޔީސްޓް
20 ގްރާމު ހިކި ކިރު
2 ކުކުޅު ބިސް
ކުޑަ ލޮނުކޮޅެއް
ކުޑަ ހަކުރުކޮޅެއް
100 ގްރާމު ބަޓަރު
300މލ ފެން
250 ގްރާމު ކަސްޓަޑު (ކެއްކުމަށްފަހު ރަނގަޅަށް ހިހޫވެފައި ހުރި)
70 ގްރާމު ކަނަމަދު (ކުދިކޮށް ކޮށާފަ)
50 ގްރާމު ހިކި މޭބިސްކަދުރު
ހައްދަވާނެގޮތް:
ގޮދަން ފުށާއި ޔީސްޓު އަދި ލޮނުކޮޅާއި ހަކުރު، ހިކި ކިރު، ބިސް އަދި ބަޓަރު ކޮޅު އަޅައިގެން ބަނަސް ފުށްގަނޑު މޮޑޭގޮތަށް މޮޑެލާށެވެ. އެއަށްފަހު ސާފު ފޮތިކޮޅަކުން މަތި ނިވާ ކޮށްލުމަށްފަހު 30 މިނެޓު ވަންދެން ފުށްގަނޑަށް ރެސްޓުދޭށެވެ. ދެން 24*9 އިންޗި ހުންނަވަރު ރޮށިދަމާ ރޯލުން ދަމާލާށެވެ. އެއަށްފަހު ފުށްގަނޑު ވަށައިގެން ބައި އިންޗި ހުސްތަން ދިނުމަށްފަހު ކަސްޓަޑުކޮޅު ފަތުރާލާށެވެ. ދެން ކަނަމަދު އަދި މޭބިސްކަދުރުކޮޅު ބުރުވާލާށެވެ. ދެން މަޑުމަޑުން އޮޅާލުމަށްފަހު 3 ބުރިއަށް ބުރިކޮށްލުމަށް ފަހު ރަނގަޅަށް ޕްލާސްޓިކް ރެޕުން ބަންދު ކޮށްލުމަށްފަހު އައިސް އަލަމާރި ގަނޑުކުރާ ބައިގައި 35 މިނެޓު ބާއްވާށެވެ.
ކަނަމަދު ފިނިހަކަ ފޫއެނބުރި ފިހުމަށް ޓްރޭގައި ރަނގަޅަށް ބަޓަރު ނުވަތަ ތެޔޮ ފޮދު އުނގުޅާލުމަށްފަހު ބައި އިންޗި ހުންނަވަރަށް ބުރިކުރުމަށްފަހު ޓްރޭގައި އަތުރާލާށެވެ. އަދި ކޮންމެ ދެފޫއެނބުރިއެއްގެ ދެމެދުގައި 2 އިންޗި ވަރުގެ ޖާގައެއް ބައިންދާށެވެ. ދެން ކަނަމަދު ފިނިހަކަ ފޫއެނބުރިތައް ރަނގަޅަށް ފުށްފިލާންދެން 40 މިނެޓު ބައިންދާށެވެ. އެއަށްފަހު 170 ޑިގްރީ ގައި ރަނގަޅަށް މައްޗަށް ކުލަ އަރަންދެން ފިހެލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...