ތަފާތު 12 ވައްތަރެއްގެ މުޞްޙަފް ބޭނުންކޮށްގެން އޮންލައިންކޮށް ޤުރްއާން ކިޔެވިދާނެ ޤުރްއާން ފްލޭޝް ކިޔާ ވެބްސައިޓަކާބެހޭ މަޢުލޫމާތު ތަންކޮޅެއް ކުރިން އަޅުގަނޑު ގެނެސްދީފައިވާނެއެވެ. ކީރިތި ޤުރްއާންއާ އެންމެ ގުޅުންހުރި މައްސަރުކަމުގައިވާ ރަމަޟާންމަސް އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔުމުގެ ކުރިން އަދިވެސް ޤުރްއާންއާ ގުޅުންހުރި ބޭނުންތެރި މުހިންމު ވެބްސައިޓެއްގެ މަޢުލޫމާތު ކިޔުންތެރިންނާ ހިއްސާކޮށްލަން އަޅުގަނޑު ގަސްތުކުރަމެވެ.
http://www.quranexplorer.com އަކީ އެމެރިކާގެ ސިޓީއެއްކަމަށްވާ ފްލޮރިޑާގެ އޯރލެންޑޯ ގައި ދިރިއުޅެމުންދިޔަ ދީނަށް ލޯބިކުރާ ސުންނީ މުސްލިމުންކޮޅެއް 2005 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ހޯސްޓް ކޮށްފައިވާ ވަރަށް ބޭނުންތެރި އަދި އެހާމެ ފުރިހަމަ ވެބްސައިޓެކެވެ. މި ވެބްސައިޓުގައި މުހިންމު މައިގަނޑު ދެބައެއް ހިމެނެއެވެ. އެއީ “ޤްރްއާން އެކްސްޕްލޯރަރ” އާއި “ޙަދިޘް އެކްސްޕްލޯރަރ”އެވެ.
“ޤްރްއާން އެކްސްޕްލޯރަރ” އޮންލައިން އެޕްލިކޭޝަންއަކީ މި ވެބްސައިޓުގެ އަޞްލު އޭގެމައްޗަށް ބިނާކޮށްފައިވާ އަޞްލު ޤްރްއާން އެކްސްޕްލޯރަރއެވެ. ޤްރްއާން އަޑުއެހުމަށާއި ކިޔެވުމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިއެޕްލިކޭޝަނުން ދުނިޔޭގެ މަޝްހޫރު 14 ޤާރީއެއްގެ ކިޔެވުން އަޑުއެއްސެވޭނެއެވެ. އޭގެތެރޭގައި މަސްޖިދުލް ޙަރަމްގެ އިމާމް އައް ސުދައިސް އާއި އައް ޝުރައިމްގެ އިތުން މިޝަރީ ރާޝިދް، ޢަބްދުލް ބާސިތް، ޝައިޙް އަލް ހުޒައިފީ، ސާދް އަލް ޣަމްދީއާއި އަދި ސަލާޙް ބުޚާތިރުފަދަ ބޭބޭފުޅުން ހިމެނެއެވެ. އަދި ހަމަ މިކޮންމެ ކިޔެވުމަކާއެކު ދުނިޔޭގެ ތަފާތު 8 ބަހަކުން އެކުލެވޭ 14 ތަރުޖަމާއެއް ވެސް މި އެޕްލިކޭޝަނުން އަޑުއެއްސެވޭނެއެވެ. ފަސޭހަކަމާއެކު ޤްރްއާނުގެ ކޮންމެ ހިސާބެއްވެސް ބެއްލެވޭ އަދި އަޑުއެއްސެވޭ ގޮތަށް މި އެޕްލިކޭޝަން ފަރުމާކޮށްފައި ވާއިރު އަޑުއައްސަވަމުންދާ އާޔަތްތަކުގެ ދެމެދަށް މެދުކެނޑޭ ވަގުތު އެޖެސްޓް ކުރެވުންފަދަ ތަފާތު އެޑްވާންސް އޮޕްޝަންތައް ވެސް މި ފުރިހަމަ އެޕްލިކޭޝަންގައި ހިމަނާފައިވެއެވެ.
“ޙަދިޘް އެކްސްޕްލޯރަރ” އީ-ބޫކް ކަލެކްޝަން އަކީވެސް ވަރަށް މުހިންމު އެޕްލިކޭޝަން އެކެވެ. މި ކަލެކްޝަންގައި 18000 (އަށާރަ ހާސް) އަށް ވުރެ ގިނަ ޙަދީޘް އެކުލެވިގެން ވެއެވެ. އިނގެރޭސިބަހުން ފުލް ޓެކްސް ސަރޗް ކުރެވޭގޮތަށް މި ވެބްސައިޓުގައި ހިމަނާފައިވާ އީ-ބޫކް ކަލެކްޝަންގައި ސަހީހް ބުހާރީ އާއި ސަހީހް މުސްލިމް ގެ އިތުރުން މުވައްތާ އަލް މާލިކުގެ ހުރިހާ ހަދީޘެއް ހިމަނާފައިވެއެވެ. އަދި އަބޫ ދާއޫދުގެ ގިނަ ޢަދަދެއްގެ ހަދީޘް ވެސް މިކަލެކްޝަންގައި ހިމަނާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...