ސުފުރާ މޭބިސްކަދުރު ބަޖިޔާ

މޭބިސްކަދުރު ބަޖިޔާ

މޭބިސްކަދުރު ބަޖިޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި:

1 ޖޯޑު ކަދުރު (އޮށް ނަގާ ކުދިކޮށް ކޮށާފައި)

1/2 ޖޯޑު ހިކި މޭބިސްކަދުރު

ރަހަލާވަރުގެ މުގުރި ފޮނިތޮށި

ރަހަލާވަރުގެ ވެނީލާ އެސެންސު ފޮދެއް

މޮޑެފާހުރި ބަޖިޔާ ފުއް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ވެސް މޭބިސްކަދުރު ކޮޅު ތާފަނާ ފެން ފޮދަކަށް އަޅާ 30 މިނިޓް ވަރު ވަންދެން ބަހައްޓާށެވެ. ދެން މޭބިސްކަދުރު ކޮޅުގެ ފެން އޮހޮރާލުމަށްފަހު ރަނގަޅަށް އަތުން ފެލައިލާށެވެ. ދެން ކަދުރާއި މޭބިސްކަދުރު އަދި ފޮނިތޮށިކޮޅާއި އެސެންސްކޮޅު އެޅުމަށްފަހުރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ހަމަ ބަޖިޔާ ހަދާ ގޮތަށް މޭބިސްކަދުރު ބަޖިޔާ ހަދާށެވެ. ފިހުމަށް ބޭނުންކުރާ ޓްރޭގައި ކުޑަ ތެޔޮ ފޮދެއް އުނގުޅާލާށެވެ. ދެން ބަޖިޔާތައް އަތުރާލުމަށްފަހު ބަޖިޔާތަކު މަތީ ކުޑަ ފެން ފޮދެއް އުނގުޅާލުމަށްފަހު ކުޑަ ދޯނބުރާލި ހަކުރުކޮޅެއް ބުރުވާލާށެވެ. އެއަށްފަހު ރަނގަޅަށް ކުލަ އަރަންދެން ފިހެލާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.