އެމެރިކާ މުސްލިމު ކުއްޖަކަށް އިޒްރޭލް ސިފައިން އަނިޔާ ކުރާ ވީޑިއޯއެއް އާންމުވެއްޖެ
އެމެރިކާ މުސްލިމު ކުއްޖަކަށް އިޒްރޭލް ސިފައިން އަނިޔާ ކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ސޯސަލް މީޑިއާގައި އާންމުކޮށްފައިވާ މިވީޑިއޯއިން ފެންނަނީ އިޒްރޭލުގެ ސިފައިން ކުޑަ ކުއްޖަކު ގައިގާ ތަޅާ އަނިޔާ ކުރާ މަންޒަރެވެ. އެވީޑިއޯގައި ފެންނަ ކުއްޖާގެ މައުޟޫމާތު ފަލަސްތީނުގެ މީޑިއާއިން ވަނީ އާންމުކޮށްފައެވެ. އަދި އެކުއްޖާގެ ފޮޓޯވެސް ވަނީ އާންމުކޮށްފައެވެ.
އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ޒުވާނަކު އަންދާލި މައްސަލާގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 15 އަހަރުގެ ތާރިޤް ހައްޔަރުކޮށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ތާރިޤް އަކީ އިޒްރޭލު ސިފައިން އަންދާލި ޒުވާނާގެ ތިމާގެ ކުއްޖެކެވެ. އެމެރިކާގެ މިކުއްޖާއަށް އަނިޔާކުރާ ވީޑިއޯ އާންމުވެފައިވާއިރު އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ނުރުހުން ފާޅުކޮށް އިހުތިޖާޖު ކުރަމުންނެވެ.
ތާރިޤްގެ މައިންބަފައިން ސުހާ އަދި ސަލާހް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ތާރިޤް ހައްޔަރުކޮށް އިޒްރޭލުގެ ހޮސްޕިޓަލަކުން ފަރުވާ ދީފައިވާ ކަމަށެވެ. އަދި ތާރިޤްގެ މޫނު ދުޅަވެފައިވާ ފޮޓޯއެއް ވަނީ އާއިލާއިން އާންމުކޮށްފައެވެ.
އިިޒްރޭލުގެ ސިފައިންގެ އަނިޔާވެރިކަން ހާމަވެގެންދާ މިވީޑިއޯ ދުނިޔޭގެ ބޮޑެތި މީޑިއާތަކުންވެސް ދަނީ އާންމުކުރަމުންނެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!

ކޮމެންޓް (0)
ލޯޑް ކުރަމުން...