ފަހަކަށް އައިސް ދިވެހިންގެތެރޭގައި ދީނީގޮތުން އިތުރުވަމުން އަންނަ ހޭލުންތެރިކަމާ އެކު ދިވެހީން ދީނީ އަޅުކަންކަމަށް ދޭ ސަމާލުކަމާ އަހަންމިއްޔަތުކަން ވެސް އިތުރުވެފައިވާ ކަމުގައި ދެންނެވިދާނެއެވެ. ވަކިން ޙާއްޞަގޮތެއްގައި މިފަދަ ބަރަކާތްތެރި ރަމަޟާން މަހަކާ ބައްދަލުވާ ހިނދު އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ލިބޭ ބޮޑު ފުރުޞަތުގެ ބޭނުން ހިފަން ގަދައަޅާ މަސައްކަތް ކުރާތަން ފެނެއެވެ.
ރޯދަމަހޭ ބުނާ އިރަށް ހިތަށް ވަންނަ އެންމެ ޙާއްޞަ އެއް އަޅުކަމަކީ ތަރާވީޙް ނަމާދެވެ. ތަރާވީޙް ނަމާދު ކުރެވެނީ ހަމައެކަނި ރޯދަމަހަށް ޙާއްޞަ އަޅުކަމެއްގެ ގޮތުގައި ހަމައެކަނި ރޯދަމަހުގައި ކަމަށްވުން އެއީ ސަބަބުކަމަށް ވެދާނެއެވެ. ވުމާއެކު މި ޙާއްޞައަޅުކަމަށް ޙާއްޞަ ސަމާލުކަމެއް ދޭ އަދި އިންތިޒާރުކުރާ ގިނަ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅޭކަމީ ޙަޤީޤަތެކެވެ. މާލޭގައި ހުރި އިސްލާމްދީނުގެ ހައިބަތު އެންބެބޮޑަށް ދައްކުވައިދޭ އެންމެބޮޑު ބިނާ އަދި އެންމެބޮޑު މިސްކިތް މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ އިސްލާމީ މަރުކަޒަށް މި ރަމަޟާން މަސް ފެށުމާ އެކު ޢިޝާ ނަމާދާއި ތަރާވީޙްގެ ޖަމާޢަތަށް އަރާ މީހުންގެ ޢަދަދަށް ބަލާލުމުން ކުރިން ދެންނެވި ވާހަކައިގެ ތެދުކަން އެނގޭނެއެވެ.
ރަމަޟާން މަހުން މި ވޭތުވި ދެތިން ރޭ އިސްލާމީ މަރުކަޒަށް ޢިޝާ ނަމާދާ ތަރާވީޙް ނަމާދަށް އެރި މީހުންގެ ޢަދަދަށް ބަލާއިރު އެ މިސްކިތަށް ޢާއްމުކޮށް ހުކުރު ނަމާދަކަށް މީހުން އަރާވަރާ ގާތަށް މީހުން ނަމާދަށް އަރާފައިވެއެވެ. މިސްކިތުގެ މަތީބައި އަންހެނުންނަށް ޙާއްޞަކުރެވިފައި ވާއިރު އެބައިވެސް ފެންނަނީ ފުރިފައި ކަހަލަ ގޮތަކަށެވެ. އަންހެނުން ގޭގައި ނަމާދުކުރުން ބޮޑަށް އެދެވިގެން ވާއިރުވެސް އެހާ ގިނަ ޢަދަދަކަށް އަންހެނުން މިސްކިތަށް ނަމާދަށް ދާ ސަބަބެއްކަމަށް ބެލެވެނީ މިސްކިތުގެ ޖަމާޢަތުގައި ޤްރުއާން ކިޔަވާލެއް ރީތިވުމާ އަދި ތަރާވީޙް ނަމާދުގައި ހާފިޒުން ޤްރުއާން ޙަޠިމް ކުރުމަށް ކިޔެވުމެވެ.
ރޯދަ މަހާއި ތަރާވީޙް ނަމާދު އެހެން ( އޭންގަލަކުން ) ކަނަކުން
ކޮމެންޓް (0)
ލޯޑް ކުރަމުން...