ސުވާލާއި ޖަވާބު ފެޝަން ހެދުން ފެހުމުގެ ހުކުމް

ފެޝަން ހެދުން ފެހުމުގެ ހުކުމް

ފެޝަން ހެދުން ފެހުމުގެ ހުކުމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު: އަޅުގަނޑަކީ އާމްދަނީ ހޯދުމަށްޓަކައި ހެދުން އެއްޗެހި ފަހާމީހެކެވެ. އަޅުގަނޑު ކައިރިއަށް އެކިމީހުން އެކިކަހަލަ ހެދުން ފަހަން އާދެއެވެ... މީގެ ތެރޭގައި ކުރު ހެދުމާއި ގަޔަށް ބާރު ހެދުންވެސް ހިމެނެއެވެ. އަޅުގަނޑަކީ ބުރުގާއަޅާފައި ހުންނަމީހަކަށް ވާއިރު މިކަހަލަ ހެދުން ފަހައިދީހެދުމަކީ ކޮންކަހަލަ ކަމެއްތޯ...

ޖަވާބު:

ހެދުމަކީ ރަނގަޅު ގޮތުގައިވެސް އަދި ގޯސް ގޮތުގައިވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ގޭތެރޭގައި ފިރިމީހާ ގާތުގައި އުޅޭއިރު ގަޔަށްބާރު ނުވަތަ ކުރު ހެދުންވެސް ލެވިދާނެއެވެ. އެހެން ނަމަވެސް ބޭރަށް ނިކުންނައިރު ހުންނަންވާނީ އިސްލާމީ ހެދުމަކުން ނިވާ ކުރެވިގެންނެވެ. ކަން މިހެން ހުރުމާއެކު ހެޔޮ ގޮތުގައި ހެދުން ބޭނުންކުރާ މީހެއްކަން ޔަގީންވާނަމަ އެފަދަ މީހަކަށް ސުވާލުގައި އެވާ ހެދުން ފަހައިދިނުން ނުވަތަ ވިއްކުން އެއީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ހެދުން ފައްސަން ނުވަތަ ގަންނަން އަންނަމީހާގެ ހާލަކީ ކޮބައިކަން ނޭނގޭނަމަ، މިފަދަ ހާލަތުގައި އޭނާގެ ނަފްސަށް ބޮޑަށް ބުރަވެވޭނީ އެމީހަކު ހެޔޮގޮތުގައި ހެދުން ބޭނުންކުރުން ކަމަށްވަނީނަމަ އެފަދަ މީހަކަށް އެކަހަލަ ހެދުމެއް ފަހައި ދިނުމަކީ މައްސަލައެއްނޫނެވެ. އެހެންނަމެސް ހެދުން ފައްސަން އަންނަމީހާ އެ ބޭނުންކުރަނީ ގޯސްގޮތުގައިކަން ޔަގީންވާނަމަ އެފަދަ މީހަކަށް ހެދުން ވިއްކައި އަދި ފަހައިދީގެން ނުވާނެއެވެ. މާތްﷲ ވަޙީކުރައްވަނީ (وَتَعَاوَنُوا عَلَى البِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الإِثْمِ وَالْعُدْوَانِ )މާއިދާސޫރަތުގެ 2. މާނައަކީ: "ތިޔަބައިމީހުން އެކަކު އަނެކަކަށް ހެޔޮ ކަންތައްތަކުގައްޔާއި ތަޤްވާވެރިވުމުގައި އެހީތެރިވާހުށިކަމެވެ. އަދި ނުބައިކަންތަކާއި ޢަދާވާތްތެރިވުމުގައި އެކަކު އަނެކަކަށް އެހީތެރި ނުވާހުށިކަމެވެ."

 

ޓެގް

ސުވާލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.