ރާއްޖޭގެ ޚަބަރު ސަލަފްޓޯކް

ސަލަފްޓޯކް

ސަލަފްޓޯކް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕްރޮގްރާމްގެ ނަން: ސަލަފް ޓޯކް

"ސަލަފްޓޯކް" އަކީ ޖަމިއްޔަތުއްސަލަފްއިން ގެނެސްދޭ ޓޯކްޝޯ އެކެވެ. މިޝޯ ދިއިސްލާމްލައިވް އިން ދަނީ އަޑުއެހުންތެރިންނާއި ހަމައަށް ގެނެސްދެމުންނެވެ. އަޑުއެހުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް މިޝޯއަށް ލިބިފައިވާކަން ފާހަގަކުރަމެވެ.

“ސަލަފް ޓޯކް” އަކީ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ އިވެންޓެކެވެ. މަހަކު މަދުވެގެން 2 ފަހަރު ބާއްވާ މި އިވެންޓަކީ ވަރަށް ތަފާތު އިވެންޓެކެވެ. އިވެންޓްގެ ބައިވެރިންގެ ބައިވެރިވުމާއި އެކު ގުޅިގެން ގެނެސްދޭ މިޕްރޮގްރާމް އަކީ ތަފާތު މައުޟޫތައް ހުށައަޅައިދޭ އިވެންޓެއްކަން ފާހަގަކުރެވެއެވެ.

ލިންކް: ސަލަފްޓޯކް ގެ ކުރީގެ އިވެންޓްތައް

ސަލަފްޓޯކްގައި މިހާތަނަށް ވަނީ ތަފާތު ޝޯ ތަކެއް ހުށައަޅައިދޭފައެވެ. އެގޮތުން "ގޯޑް؟"، “ކަސްރަތު ކުރުމުގެ މުހިއްމުކަން”، އަދި “މީހުންނާ މުޢާމަލާތްކުރުން” ފަދަ މައުޟޫތައް ފާހަގަކުރެވެއެވެ.

ޖަމިއްޔަތުއް ސަލަފްއިން "ސަލަފްޓޯކް" ފެށުމުގެ ގޮތުން ހާމަކުރިގޮތުގައި "މި ޕްރޮގްރާމްތަކަކީ އިސްލާމީ ދުނިޔޭގެ މަޝްރަހާއި އަދި މާއްދީ އެކިއެކި ކަންކަމާއިވެސް ގުޅޭގޮތުން ތަފާތު އެކި މަޢުލޫތަކަށް ވާހަކަދައްކާ ޢިލްމުވެރިންނާއި ވީހާވެސް ގާތުން ވާހަކަދައްކާލުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް ތަކެއް" ކަމަށެވެ. އަދި "މިޕްރޮގްރާމްތައް ޓޯކް ޝޯ ގޮތުގައިވެސް އަދި ޖަލްސާއެއްގެ ގޮތުގައިވެސް ކުރިއަށްދާނެ ކަމަށާއި ސިލްސިލާކޮށް ގެންދާ މިހަރަކާތުގައި ރާއްޖޭގެ ފުންނާބުއުސް ޢިލްމުވެރިންވެސް ބައިވެރިވެރިވެ ވަޑައިގަންނަވާނެ"ކަމަށެވެ.

“ސަލަފް ޓޯކް” ގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ 19 ޖެނުއަރީ 2014 ގައި އަރަބިއްޔާ ސްކޫލް ހޯލްގައެވެ.

ސަލަފްޓޯކް އާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ޝެއާރ ކުރައްވާއިރު #salafTalk ހޭޝްޓެގް ބޭނުންކުރައްވުން އެދެމެވެ.


ޓެގް

ދިއިސްލާމް ދިއިސްލާމްލައިވް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.