ކޮލަމިސްޓް ކުޅެން ހުއްޓާ މަރުވި ޒުވާނާއަށް ކެނެޑާގެ މަޝްހޫރު ޢިލްމުވެރިޔާ ޝެއިޚް ވަލީދުގެ ތަޢުރީފުގެ ބަސްކޮޅެއް

ކުޅެން ހުއްޓާ މަރުވި ޒުވާނާއަށް ކެނެޑާގެ މަޝްހޫރު ޢިލްމުވެރިޔާ ޝެއިޚް ވަލީދުގެ ތަޢުރީފުގެ ބަސްކޮޅެއް

ކުޅެން ހުއްޓާ މަރުވި ޒުވާނާއަށް ކެނެޑާގެ މަޝްހޫރު ޢިލްމުވެރިޔާ ޝެއިޚް ވަލީދުގެ ތަޢުރީފުގެ ބަސްކޮޅެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުވައްމުލަކު ސްޓޭޑިއަމްގައި ފުޓުބޯޅަ ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި ނިޔާވި، އެމްއެންޑީއެފްގެ ކޯޕްރަލްގެ މަގާމުގައި ހުރި ފުވައްމުލަކު ހިތިފަރު ޢުމުރުން 28 އަހަރުގެ އަބްދުﷲ ނަޒްމީ ގެ މަރާއި ގުޅިގެން ދާދިފަހުން ރާއްޖެ ވަޑައިގެން ކެނެޑާގެ ޢިލްމުވެރިޔާ ޝެއިޚް ވަލީދު އަބްދުލްހަކީމް ވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި އެވާހަކަ ލިޔުއްވާފައެވެ.

ލިންކް: ޝެއިޚް ވަލީދު އަބްދުލްހަކީމްގެ ސްޓޭޓަސް

ޝެއިޚް ވަލީދު އަބްދުލްހަކީމް، ޖޫން 2 ވަނަ ދުވަހުގެ ޝެއާރ ކޮށްފައިވާ ފޮޓޯގައި އަބްދުﷲ ނަޒްމީ ފާހަގަކޮށް ރަތް ބޮޅެއް އަޅާފައިވެއެވެ. އެފޮޓޯއަކީ ޝެއިޚް ވަލީދު ފުވައްމުލަކުގައި ދެއްވި ދަރުސްގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. އެފޮޓޯ ޝެއާކޮށް ޝެއިޚް ވަލީދު ލިޔުއްވާފައިވަނީ، "ސުބްހާނަﷲ، މިއަދު ހެނދުނު އީމެއިލްއަކުން އަހަރެންނަށް ވަރަށް ހިތާމަވެރި ޚަބަރަކުން ކަރުނަ ހިލި، ހޭލެވެނު. މިޒުވާނާއަކީ އަބްދުﷲ ނަޒްމީ، މީގެ މަސްތަކެއް ކުރިން އަހަރެންގެ އަރިމަތީގައި އިށީނދެއިން މި ޒުވާނާ ވަނީ އަހަރެންގެ ދަރުސަކަށް ދިވެހިރާއްޖޭގެ ފުވައްމުލަކުގައި ޙާޒިރުވެފަ. ފުޓްބޯޅަ ކުޅެން އުޅެނިކޮން ކުއްލި ގޮތަކަށް ހާރޓް އެޓޭކެއްޖެހި ކުއްލި މަރަކުން އުމުރުން 28 އަހަރުގައި ރޭ އޭނާ ވަނީ ނިޔާވެފަ. އަންބަކާއި ދަރިއަކު ދޫކޮށް ދިޔަ ނަމަވެސް އެއީ ސިއްހަތު ރަނގަޅު ޒުވާނެއް!

ހަމަކަށަވަރުން، އަޅަމެންނީ اللَّه އަށް މިލްކުވެވޮޑިގެންވާ ބައެކެވެ. އަދި ތިމަންމެންނީ، އެކަލާނގެ ހަޟްރަތަށް އެނބުރިދާނޭ ބައެކެވެ. އަހަރެންނަށް އެންމެ ލޯބި ކުރެވުނު ކަމަކީ، ނަޒްމީގެ ފޭސްބުކް ޕްރޮފައިލް ބަލާލުމުން ފެނިގެން ދިޔައީ ފައިދާ ކުރުވަނިވި ލިޔުންތަކެވެ. ﷲ އާއި އާޚިރަތުގެ މަތިން ހަނދާން ކޮށްދޭ ޕޯސްޓްތަކެވެ. މީގެ ސަބަބުން އަހަރެން ހިތަށް އެރީ މިގޮތަށް ތިބާއަށް ނުވަތަ އަހަރެންނަށް ދިމާވެއްޖެނަމަ މީހުން ތިމާގެ ފޭސްބުކް ޕްރޮފައިލް ބަލާނެ ކަމެވެ. އެމީހުންނަށް އޭގެން ފެންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ ﷲ އާއި ރަސޫލާ އަދި މަލާއިކަތުންނާއި އެކު ޤިޔާމަތް ދުވަހުން އެންމެންގެ ކުރިމަތީ ހުޅުވާލެވިފައި ވާނަމަ ފެންނާނީ ކޮން އެއްޗެއް ހެއްޔެވެ؟"

ޝެއިޚް ވަލީދު އިތުރަށް ލިޔުއްވަމުން ނަޒްމީއަށް ހެޔޮ ރަހުމަތް ލައްވާ ނަޒްމީގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރައްވާފައިވެއެވެ. ގިނަ އަދަދެއްގެެ ބަޔަކު ނަޒްމީއަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުޢާ ކޮށްފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ސްޓޭޓަސް ޝެއާރ ވެސްކޮށްފައެވެ.
ކެނެޑާގެ މަޝްހޫރު ޝެއިޚްގެ ދަރުސަށް ފުވައްމުލަކުން ޙާޒިރުވީ ޒުވާނުންގެ ތެރޭގައި ވެސް ނަޒްމީ ހިމެނޭ އިރު އޭނާގެ ފޭސްބުކްގައި ޙިއްޞާ ކޮށްފައިވާ މަޢުލޫމާތާއި ކަންކަމަށް ބަލާއިރު ނަޒްމީ އަކީ ވީވަރަކުން ދީނުގައި އަންގަވާފައިވާ ކަންކަން ކުރެވޭތޯ މިންނެތް މަސައްކަތެއް ކުރަމުން ގެންދިޔަ ޒުވާނެއްކަން ހާމަވެއެވެ. އަދި އޭނާގެ ސްޓޭޓަސް ތަކުން އޭނާ އަކީ ﷲ އާއި އެކަލާނގެ ރަސޫލާ އަށް ލޯބިކުރާ ދިވެހި ޒުވާނެއް ކަން ހާމަވެއެވެ.
މާތް ﷲ އަޅުގަނޑުމެންގެ ތެރޭގައި އިސްލާމް ދީނަށާއި، ﷲގެ ރަސޫލާ އާއި އެކަލޭގެފާނުގެ ސުންނަތަސް ލޯބިކުރާ ޒުވާނުން ގިނަކުރައްވާށިއެވެ! އަދި މާތް ﷲ ނަޒްމީއަށް ހެޔޮ ރަޙުމަތް ލައްވާ އޭނާގެ އާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.