އްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ އަށް ޝެއިޚް މުޙައްމަދު ލުޙައިދާން ޒިޔާރަތް ކުރައްވައިފިއެވެ.
ޝެއިޚް އަލްޤާރީ މުހައްމަދު ލުހައިދާން ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ކުއްލިއްޔާއަށް ޒިޔާރަތްކުރައްވީ އިއްޔެ މެންދުރު ގައެވެ. މިޒިޔާރަތުގައި އެތަނުގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ޝެއިޚް ލުޙައިދާންއަށް ކުއްލިއްޔާއާއި ބެހޭ ގޮތުން ކުއްލިއްޔާގެ ވެރިން ވަނީ މައުލޫމާތު ދެއްވާފައެވެ. ކުއްލިއްޔާގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ގޮތުގެ ތަޢާރަފެއްވަނީ ދެއްވާފައެވެ. ޝެއިޚް ލުޙައިދާން ވަނީ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ޝެއިޚް ލުޙައިދާން ވަނީ އަސްރު ނަމާދު ކުއްލިޔާގައި އިމާމްވެ ކުރައްވާފައެވެ.
މެއި 31 އިން ޖޫން 3 އަށް ޝެއިޚް ލުޙައިދާން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިސްލާމީ ދަޢުވަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދަނީ ބައްދަލު ކުރަމުންނެވެ. އެގޮތުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް، ޢަރަބިއްޔާ ސްކޫލް އަދި ޤުރުއާނާއި ބެހޭ މަރުކަޒު ހިމެނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ޢިލްމުވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ.
ޝެއިޚް އަލްޤާރީ މުހައްމަދު ލުހައިދާން އަކީ ސައުދީއަށް އުފަން ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިއެކެވެ. އެބޭފުޅާ އަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ޢިލްމުވެރިއެކެވެ.
ޝެއިޚް ލުޙައިދާން ރާއްޖެ ވަޑައިގެން ހަރަކާތްތެރިވަނީ ދިއިސްލާމް އޮންލައިން ގެ ފަރާތުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...