ސައުދީއަށް އުފަން ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިޔާ ކ. ގުރައިދޫއަށް ވަޑައިގެންފިއެވެ.
ކ. ގުރައިދޫގެ ޒުވާނުންނާއި ވިޔަފާރިވެރިންގެ ދައުވަތަކަށް ޝެއިޚް ލުޙައިދާން ގުރައިދޫއަށް ވަޑައިގެން ގުރައިދޫ މިސްކިތުގައިވަނީ ދަރުސްއެއް ބާއްވާފައެވެ. މީގެ އިތުރުން ޝެއިޚް ލުޙައިދާން ވަނީ ގުރައިދޫ މިސްކިތުގައި މަޤްރިބް ނަމާދާއި އިޝާ ނަމާދު އިމާމްވެ ކުރައްވާފައެވެ.
ޝެއިޚް ލުޙައިދާން ގުރައިދޫއަށް ވަޑައިގަތުމުގެ ޝެއިޚްއަށް ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔާފައެވެ. ޝެއިޚް ލުޙައިދާން، ގުރައިދޫގައި ހޭދަ ކުރެއްވި ވަގުތު އެރަށު މިސްކިތް ބައްލަވާލައްވާ ރަށުތެރެ ވަނީ ބައްލަވާލައްވާފައެވެ.
އިއްޔެ ހަވީރު ގުރައިދޫއަށް ވަޑައިގަތުމުގެ ކުރިން ޝެއިޚް ލުޙައިދާން ވަނީ ގުރައިދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ޕިކުނިކަށް ވަޑައިގެންފައެވެ.
ޝެއިޚް ލުޙައިދާން ރާއްޖެ ވަޑައިގެން ހަރަކާތްތެރިވަނީ ދިއިސްލާމް އޮންލައިން ގެ ފަރާތުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...