ރާއްޖޭގެ ޚަބަރު ވޯލްޑްކަޕްގެ މައްސަލާގައި ދެ އެމްބީސީގެ ކޯޅުން

ވޯލްޑްކަޕްގެ މައްސަލާގައި ދެ އެމްބީސީގެ ކޯޅުން

ވޯލްޑްކަޕްގެ މައްސަލާގައި ދެ އެމްބީސީގެ ކޯޅުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިއްޔެ އަޑު އިވިގެން ދިޔަ އެންމެ ޙައިރާން ކުރުވަނިވި އެއް ޚަބަރަކީ ވޯލްޑް ކަޕުގެ މެޗުތައް ދެއްކުމަށް ދިވެހި ޤައުމީ ޓީވީން 190،000.00 ޑޮލަރު ނުވަތަ 3 މިލިޔަނެއްހާ ރުފިޔާ ޚަރަދު ކޮށްގެން ރައިޓްސް ގަތް ވާހަކަ އެވެ. އަދި އެހާ އަގުބޮޑުކޮށް މިބުނާ ރައިޓްސް އެއް ގަތީ އެމްބީސީގެ ޓީވީއެމުން ވޯލްޑްކަޕް މެޗުތައް ދެއްކުމަށް އެ ރައިޓްސް ހިލޭ ލިބޭގޮތް ނުވުމުން ކަމަށް ވެސް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އެމްބީސީން ވަނީ ބުނެފައެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެމްބީސީން ވޯލްޑް ކަޕްގެ މެޗުތައް ޓީވީއެމުން ދެއްކުމަށް އޭގެ ރައިޓްސް ހިލޭ ހޯދުމަށް ޓަކައި، ރާއްޖޭގެ އެއްވެސް ފަރާތަކުން ރައިޓްސް ހޯދާފައި ވޭތޯ ބެލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، އެމްބީސީ އާއި އެކު ތިން މަސް ދުވަހު މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ގޮތެއް ނުހޯދުނު ކަމަށް ކޯޕަރޭޝަން އެމްބީސީން ވަނީ ހާމަ ކޮށްފައެވެ.
މިކަމަށް ރައްދު ދެމުން ކޮމިޝަން އެމްބީސީން ބުނީ ފީފާ ވޯލްޑްކަޕްގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދަފާނެ ކަމަށް އެމްބީސީން އެންމެ ބޮޑަށް ލަފާކުރީ މީޑިއާނެޓުން ކަމަށް ވާތީ، މީޑިއާނެޓާ އެކު އެމްބީސީ އެއް މޭޒެއް ދޮށުގައި މަޝްވަރާ ކުރުމަށް އެ ކޮމިޝަނުގައި ބޭއްވި ބައްދަލުވުމަށް އެމްބީސީން އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ ބައްދަލުވުން ކުރިއަށްގެންދެވޭ ގޮތް ނުވިކަމަށެވެ.
މީގެ އިތުރުން ވޯލްޑްކަޕްގެ ރައިޓްސް ހޯދުމުގައި ފަހުން ނުކުމެދާނެ ކަމަށް އެމްބީސީން ބުނާ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި، ފިނޭންސް މިނިސްޓްރީއާ އެންޓި ކޮރަޕްޝަން ކޮމިޝަނާއެކު ބައްދަލުވުމެއް ހަމަޖެއްސުމަށް އެ ކޮމިޝަނުން އިސް ނެގުމުން، އެއީ މުހިންމު ކަމެއް ނޫން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އެމްބީސީން ބުނެފައިވާ ކަމަށް ވެސް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އެމްބީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮންމެ އަކަސް ވޯލްޑް ކަޕުގެ މައްސަލާގައި ދެ އެމްބީސީގެ ކޯޅުން ޢާއްމުންނާއި ހަމަ އަށް ތިލަ ވެފައި ވާއިރު، މިއީ އެމްބީސީ ކިޔާތީ ނަމުގެ މައްސަލާގައި އުފެދުނު ކޯޅުމެއްތޯ ސުވާލު އުފެދެއެވެ.
ނުވަތަ މިކަމުގައި އިހުމާލުވަނީ ކޮން އެމްބީސީ އެއްކަން ޢާއްމުންނަށް އެނގިދާނެތީ ބޯ ދަމަިގަތުމަށް ދެ އެމްބީސީން ވެސް ޖަހާ މަޅިއަކަށް މިކަން ވުމީވެސް އެކަށީގެންވާ ކަމެކެވެ.
ދިވެހި ރައްޔިތުންގެ އަތުން ދައްކަން ނުޖެހޭ ތިން މިލިޔަނެއްހާ ރުފިޔާ ދައްކަން ޖެހުމުން މި ކަމުގައި އިހުމާލުވާ ފަރާތެއް ހޯދައި އެ ފައިސާ ދިވެހި ރައްޔިތުންނަށް އަނބުރާ ހޯދައި ދިނުމަކީ އޭސީސީ އާއި އޮޑިޓަރ ޖެނެރަލާއި މާލިއްޔަތު ކޮމިޓީގެ އިތުރުން ސަރުކާރާއި ޖުޑީޝަރީގެ ވެސް ޒިންމާއެއް ނޫންތޯއެވެ؟ ސުވާލު އުފެދެނީ ފަށާނެ ކޮޅަކާއި މެދުގައި އެހެން ނޫންތޯ އެވެ؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.