"ﷲ ގެ މަގުގައި ޝަހީދުވެދާ މީހުންނަށް ދެއްވުމަށް ވައުދު ކުރައްވާފައިވާ ވައުދުތައް ވަރަށް ގިނަ." ކަމަށް ޝެއިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަހީދުންނަށް ހުރި ގިނަ ގުނަ ނިއުމަތްތަކާ ބެހޭ ގޮތުން ޝެއިޚު އާދަމް ޝަމީމް ވަނީ ވަރަށް ތަފުސީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ. "ޝަހީދަކަށް ވާނީ ހަމަ އެކަނި ﷲ އަށް ޓަކައި ހަނގުރާމަކޮށްގެން"ކަމަށް ވިދާޅުވެ ޝެއިޚް ވަނީ "ޝަހީދަކަށް ވެވޭނެ ގޮތާ ބެހޭ ގޮތުން" ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފައެވެ.
ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ރޭ ފުލުހުންގެ މަރުކަޒުގައި ބޭއްވި ދަރުސްގައި ވާހަކަ ދައްކަވަމުން ޝެއިޚް އާދަމް ޝަމީމް ވިދާޅުވީ "ﷲ ގެ މަގުގައި ޝަހީދުވެދާމީހުންނަށް ދެއްވުމަށް ވައުދުކުރައްވާފައިވާ ވައުދުތައް ވަރަށް ގިނަ." ކަމަށާއި "ވަރަށް ބޮޑު، އެވައުދުތަކުގެ ވާހަކަ އަޅުގަނޑުމެން ތަފުސީލުކޮށް ކިޔަން ވެއްޖެ ނަމަ އެންމެ ދުވަހަކުން ނުނިމޭނެ. ޤުރުއާނާ ސުންނަތުގައި ވަރަށް ބައިވަރު ފަޟީލަތްތައް ޝަހީދުންނާ މެދުގައި ވާރިދުވެފައިވާ"ކަމަށެވެ.
މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހާއްސަ ހަރަކާތް އޮތީ ފުލުހުންގެ އިސްކަންދަރު ކޮށީގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...