ޝައިޚް އަލްޤާރީ ލުޙައިދާންގެ ސެކިއުރިޓީ ދިވެހި ފުލުހުން ބަލަހައްޓަނީ

ޝައިޚް އަލްޤާރީ ލުޙައިދާންގެ ސެކިއުރިޓީ ދިވެހި ފުލުހުން ބަލަހައްޓާނެކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ސަޢުދީގެ މަޝްހޫރު ޤާރީ އަދި ޢިލްމުވެރިޔާ ޝެއިޚް ލުޙައިދާން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސެކިއުރިޓީގެ އެންމެހާ ކަންކަން ފުލުހުން ބަލަހައްޓާނެކަމަށާއި މާލެ ގައާއި ރަށްރަށަށް ކުރައްވާ ދަތުރުގައިވެސް ސެކިއުރިޓީ ލިބޭނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.ރާއްޖެ ވަޑައިގަތުމުން ފެށިގެން ރާއްޖެއިން ފުރާ ވަޑައިގަތުމާއި ހަމައަށް ފުލުހުންގެ އެހީތެރިކަން ލިބޭނެކަމަށެވެ.

ޝެއިޚު އަލްޤާރީ މުހައްމަދު ލުހައިދާން ރާއްޖެ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ 30 މެއި އިން 3 ޖޫން އަށެވެ.

ޝެއިޚް ލުހައިދާންގެ ދަތުރާއި ބެހޭ ގޮތުން ދިއިސްލާމްގެ އިވެންޓް މެނޭޖާރ އިބްރާހިމް ރަމީޒް ވިދާޅުވީ "ޝެއިޚް ލުހައިދާން ރާއްޖެ ކުރައްވާ ދަތުރަށް ފުލުހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަަމަށާއި މުޅި ދަތުރުގައި ފުލް ސެކިއުރިޓީ ފުލުހުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ"ކަމަށެވެ.

ޝެއިޚް އަލްޤާރީ މުހައްމަދު ލުހައިދާން އަކީ ސައުދީއަށް އުފަން މަޝްހޫރު ޢިލްމުވެރިއެކެވެ. އެބޭފުޅާބޮޑަށް ފާހަގަކުރެވެނީ ރީތިކޮށް ޤުރުއާން ކިޔަވާ ބޭފުޅެއްގެ ގޮތުގައެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.