މަޝްހޫރު ޤާރީ ޝެއިޚް ލުހައިދާން ރާއްޖެ ވަޑައިގަންނަވަނީ
މަޝްހޫރު ޤާރީ ޝެއިޚް ލުހައިދާން ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ސައުދީ އަރަބިއްޔާގެ މަޝްހޫރު ޤާރީ ޝެއިޚު އަލްޤާރީ މުހައްމަދު ލުހައިދާން ރާއްޖެ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ 30 މެއި އިން 3 ޖޫން އަށެވެ. ޝެއިޚް ލުހައިދާންގެ ދަތުރުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ ދިއިސްލާމް އިންނެވެ.
ލިންކް: ޝެއިޚް ލުހައިދާންގެ ކިޔެވުން (އޯޑިއޯ)
ޝެއިޚް ލުހައިދާންގެ ދަތުރާއި ބެހޭ ގޮތުން ދިއިސްލާމްގެ އިވެންޓް މެނޭޖާރ އިބްރާހިމް ރަމީޒް ވިދާޅުވީ ޝެއިޚް ލުހައިދާން ރާއްޖެ ކުރައްވާ ދަތުރުގައި ތަފާތު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި ޝެއިޚް އަކީ ރީތިކޮށް ޤުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅެއްކަމުގައިވީތީ ގިނަ ކަންކަން އަމާޒު ކުރަމުންދާނީ ޤުރުއާނާއި ގުޅުން ހުރި ކަންކަމުގައިކަމަށެވެ.
"ޝެއިޚް ލުހައިދާން އަކީ ދުނިޔޭގެ މަޝްހޫރު ބޭފުޅެއް. އެބޭފުޅާ ރާއްޖެ ކުރައްވާ ދަތުރުގައި ޕީސް ފައުންޑޭޝަނާއި ގުޅިގެން ދަރުސްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި. ކުޑަކުދިންގެ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވޭ. މިސްކިތްތަކުގައި އިމާމްވެ ނަމާދު ކުރުން. ރަސްމީ އިދާރާތަކަށް ޒިޔާރަތްކުރުން އޮންނާނެ. ހުޅުމާލެ، ވިލިގިލި އަދި މާލެ ކައިރި ރަށަކަށް ޒިޔާރަތްކުރުން އިންޝާﷲ އޮންނާނެ." އިވެންޓްތަކާއި ބެހޭ ގޮތުން އިބްރާހިމް ރަމީޒު ވިދާޅުވިއެވެ.
ޝެއިޚް އަލްޤާރީ މުހައްމަދު ލުހައިދާން އަކީ ސައުދީއަށް އުފަން މަޝްހޫރު ޢިލްމުވެރިއެކެވެ. އެބޭފުޅާބޮޑަށް ފާހަގަކުރެވެނީ ރީތިކޮށް ޤުރުއާން ކިޔަވާ ބޭފުޅެއްގެ ގޮތުގައެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...