ކޮންމެ މީހެއްވެސް އެމީހެއްގެ ދިރިއުޅުމުގައި ރަނގަޅުނޫން ނިންމުންތަކެއް ނިންމާފައި ވާނެއެވެ. އަހަރެމެންނަކީ އެކަންކަމުން އިބުރަތްހޯދައި ކުރިޔަށްދާ މީހުންނެވެ. ނަމަވެސް އެއީ އެކަން ތަކުރާރުވުމަށް އަށަގަނެފައިވުން ކަމުގައި ނުބެލެވޭނެއެވެ.
- ރަނގަޅު މައުލޫމާތު ހޯދައި އަމަލުކުރުން
އަހަރެމެންގެ ވަށައިގެންވާ މާހައުލުން ލިބޭ މައުލޫމާތުތަކުގެ ސަބަބުން ނިންމާ ނިންމުންތަކަށް އަސަރުކުރެއެވެ. ރަނގަޅު ނިންމުންތަކެއް ނިންމުމަށްޓަކައި ލިބޭ މައުލޫމާތުތަކަކީ ތެދު އަދި ގަބޫލުކުރެވޭ އެއްޗެއްތޯ ބެލުމަށްޓަކައި އެއަށް ގޮންޖަހައި، ސުވާލު އުފައްދައި އަދި ސުވާލުކުރެވެން ޖެހެއެވެ. މީހުން ކިޔާހައި ހުރިހާއެއްޗަކީ ތެދުކަމަށް ގަބޫލުނުކުރާށެވެ. އެ މައުލޫމާތަކީ ތެދު އެއްޗެއްތޯ ބަލަންވާނެއެވެ.
- އާއްމުކޮށް ހެދޭ ގޯސްތަކުން ދުރުވުން
އަހަރެމެންގެ ތެރެއިން ގިނަބަޔަކު ބައެއްކަންކަމުގައި އަބަދުވެސް ރަނގަޅުނޫންގޮތް އިހްތިޔާރުކުރެވެއެވެ. އޭގެ ބައެއް ސަބަބަކީ އެކަމަށް ބޭނުންވާ ވަގުތާއި ފުރިހަމަ މައުލޫމާތު ނެތުމެވެ. ނިންމުމެއް ބިނާކުރަނީ އެއްފަހަރު ރަނގަޅަށް ހިނގާފައިވާ ކަމަކަށާއި، ވިސްނޭ ވިސްނުމަކަށާއި އަދި އެނިންމުމަކުން ގޯސްވާނެ ކަންކަމަށް ބަލައިގެންކަމަށް ވާނަމަ ކުރިން ދެންނެވުނު ސަބަބުތަކަށް ހާއްސަ ސަމާލުކަމެއްދޭންވާނެއެވެ.
- މާޒީން އިބުރަތް ލިބިގަތުން
ބައެއްމީހުންގެ މާޒީއަކީ ހިތި ތަޖުރިބާއެއްކަމުން އެކަމާ ކުރިމަތިލާން ފަސްޖެހެއެވެ. ނަމަވެސް، ތިބާގެ ހަޔާތުގައި ގިނަ ގޯސްތަކެއް ހެދިފައިވާނަމަ، ދެންފަހަރަކުން ކަމެއްނިންމާއިރު އެކަންކަން ރަނގަޅުކުރުމަށް ފިޔަވަޅުއަޅަންވާނެއެވެ. އަދި ރިއާޔަތްކުރަންވާނެ އެވެ.
- ތިބާގެ ނަފްސު ދެނެގަނެ އަޅާލުން
ގާޞީން ރުޅިއައިސްފަ ހުންނަ ގަޑީގައި ކުޜާ ހުކުމްތައް ހަރުކަށިވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ތިބާގެ އިހުސާސްތަކާއި އުޅޭ މާހައުލުގެގޮތުން ކަމެއް ވަކިގޮތަކަށް ނިމިގެން ހިނގައިދާނެއެވެ. ބަލިވެ އުޅޭއިރާއި ނިދިހަމަ ނުވުމުން ރަނގަޅު ނިންމުމެއް ނުނިމި ހިނގައިދާނެއެވެ.
- ރަނގަޅަށް ވިސްނައި އަޅާކިއުން
މައުލޫމާތު ހޯދައި ނަގާ ވަގުތު މެސެޖު، އީމެއިލް އަދި ޓުވީޓް ކުރަމުން އެ މައުލޫމާތަކާއި މެދު ރަނގަޅަކަށް ނުވިސްނޭނެއެވެ. ލީޑަރެއްނަމަ އެކަމާމެދު ވިސްނުމަށް 15 ނުވަތަ 30 މިނެޓު ބޭނުންވާނެއެވެ. އަދި އެކަމުން ރަނގަޅު ނަތީޖާއެއް ނުލިބުމަކުން އެ ނިންމުމަކީ ގޯސް ނިންމުމަކަށް ނުވެއެވެ. ރަނގަޅު ނިންމުންތައް ކޮޅެއްގައި ނުޖެހޭތަންވެސް އާދެއެވެ.
އެންމެ މުހިއްމުކަމަކީ އެކަންކަމުން އިބުރަތް ހާސިލްކޮށް ކުތިމަގުގައި ނިންމާ ނިންމުންތަކުގައި އެކަންކަމަށް ރިއާޔާތްކުރުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...