ރާއްޖޭގެ ޚަބަރު ޙިޖާމާ ދަސްކޮށްދޭ ވޯރކްޝޮޕެއް ބާއްވަނީ

ޙިޖާމާ ދަސްކޮށްދޭ ވޯރކްޝޮޕެއް ބާއްވަނީ

ޙިޖާމާ ދަސްކޮށްދޭ ވޯރކްޝޮޕެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަބަވީ ބޭސްވެރި ކަމުގެ ތެރޭގައި ހިމެނޭ ޙިޖާމާ ދަސްކޮށްދޭ ވޯރކްޝޮެޕެއް ބާއްވަން ނިންމައި މި ވޯކްޝޮޕްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޙިޖާމާ ދަސްކޮށްދޭ ވޯރކްޝޮޕް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް އިން ބުނީ މި "ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޙިޖާމާ ތަޖުރިބާކާރެއް ކަމަށްވާ، ޑރ. ޢަބްދުލް ޢަޒީޒް ޢަބްދުލް ޙައްޔު" ކަމަށާއި "ޙިޖާމާ ޖަހަން ދަސްކޮށްދޭ ވޯރކްޝޮޕް އޮންނާނީ އަންނަ ޖޫން މަހުގެ 6 އަދި 7 ވަނަ ދުވަހު "ކަމަށެވެ. "މިވޯރކްޝޮޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފައްަތޭކަ ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ "ކަމަށްވެސް އެޖަމިއްޔާއިން ވަނީ ހާމަ ކޮށްފައެވެ.

ޑައުންލޯކް: ވޯރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯރމް

މިވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް ހުޅުވާލެވިފައިވާ ކަމަށް ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް އިން ހާމަކުރެއެވެ.

ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްގެ، މިޚާއްޞަ ކަޕިންގ ނުވަތަ ޙިޖާމާ ދަސްކޮށް ދިނުމުގެ ޙަރަކާތުގެ މީޑިއާ ޕާރޓްނަރަކަށް ދިއިސްލާމް ހަމަޖައްސާފައި ވާއިރު، ސިޙުރު ހާހޫރަ އާއި މި ނޫނަސް މިފަދަ ކަންކަމުން ސަލާމަތް ވާނެ މަގު ނަބަވީ އިރުޝާދުގެ ތެރެއިން ދައްކައިދީގެން ޢާއްމުން ހޭލުންތެރި ކުރުމަށް އެ ޖަމިއްޔާއިން ގެންދަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ.
އެގޮތުން އެ ޖަމިއްޔާއިން ދާދި ފަހުން ވެސް ވަނީ " އިރު އޮއްސުމުން " މި ނަމުގައި ޚާއްޞަ ހަވީރެއް ބާއްވާފައެވެ.

ގުޅުންހުރި ލިންކްތައް:

ނަބަވީ ބޭސްވެރިކަމުގެތެރެއިން – ޙިޖާމާ 1

ނަބަވީ ބޭސްވެރިކަމުގެތެރެއިން – ޙިޖާމާ 2

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.