ސަޢޫދީ ޢަރަބިއްޔާގެ ޙިޖާމާ ސްޕެޝަލިސްޓެއް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޙިޖާމާ ސްޕެޝަލިސްޓެއް ކަމަށްވާ، ޑރ. ޢަބްދުލް ޢަޒީޒް ޢަބްދުލް ޙައްޔުގެ، ރާއްޖެ ވަޑައިގެން ހަރަކާތްތައް ހިންގާނީ ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްގެ ފަރާތުންކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ.
ޑރ. ޢަބްދުލް އަޒީޒް ޢަބްދުލް ޙައްޔު އަކީ ސަޢޫދީ ޢަރަބިއްޔާގެ ބޭފުޅެކެވެ. އެބޭފުޅާއަކީ ސަޢޫދީ ޢަރަބިއްޔާގެ އެތައް ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ، ޕްރިވެންޝަނަލް ހިޖާމާގެ އެކްސްޕާރޓްއެކެވެ.
ޑރ. ޢަބްދުލް ޢަޒީޒް ޢަބްދުލް ޙައްޔު ރާއްޖެ ކުރައްވާ ދަތުރުގައި ހިޖާމާ ޖަހަން ދަސްކޮށްދޭ ވޯރކްޝޮޕަކާއި އެޕޮއިންޓްތަކަށް ޙިޖާމާ ޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް އިން ހާމަކުރެއެވެ. އެޖަމިއްޔާއިން ހާމަކުރި ގޮތުގައި ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ޖޫން 3ން 5ށް ޙިޖާމާ ޖަހައިދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި ކަޕް ޖަހަން އެޕޮއިންޓްމެންޓް ހެއްދެވުމަށް 9998179 ނުވަތަ 9959599. އަށް، ނަމާއި، އައި.ޑީ. ކާޑު ނަމްބަރު އަދި ފޯން ނަމްބަރު ޖެއްސެވުމަށްފަހު އެސް.އެމް އެސް ކުރެއްވުމުން އެޕޮއިންޓްމެންޓް ހެއްދޭނެއެވެ. މީގެ އިތުރުން ޖޫން 6 އަދި 7 ގައި، ޙިޖާމާއާއި ގުޅޭ ވޯރކްޝޮޕެއްވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައިކަމަށައި އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް މިވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ. ވޯރކްޝޮޕްގެ ފީއަކީ -/500 ރުފިޔާއެވެ.
ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސްގެ، މިޚާއްޞަ ކަޕިންގ އިވެންޓްތަކުގެ މީޑިއާ ޕާރޓްނަރ އަކީ ދިއިސްލާމްއެވެ.
ގުޅުންހުރި ލިންކްތައް:
ކޮމެންޓް (0)
ލޯޑް ކުރަމުން...