ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ބަލާ، ވަޒަންކުރުމުގެ ގޮތުން ޔޫއެން އުން ކަނޑައަޅާފައިހުންނަ އިންސާނީ ހައްޤުތަކާ ބެހޭ ހާއްޞަ މާހިރެއްކަމަށްވާ ރިޗާޑް ފޯކް އެ މަޤާމުން ވަކިކުރުމަށް އެމެރިކާއިން ގޮވާލައިފިއެވެ. އެމެރިކާއިން މިހެން ގޮވާލައިފާ މިވަނީ، 11/9 ގެ ހާދިސާ ހިނގާދިޔަ ގޮތްކަމަށް އެމެރިކާގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، ޤަބޫލުކުރަން ދަތި، އަދި ދެކޮޅު ނުޖެހޭ އެތަށްކަމެއް ވާކަމަށް ބުނެ ރިޗާޑް ފޯކްސް، އޭނާގެ ބުލޮގުގައި މިމަހު 11 ވަނަ ދުވަހު ޝާއިކޮށްފައިވާ ލިޔުމަކާ ގުޅިގެނނެވެ.
ފޯކްސް އިތުރަށް ހާމަކޮށްފައިވާގޮތުގައި، އެމެރިކާއަށް 11/9 ގެ ހާދިސާގެ މައުލޫމާތު އެނގިފައިވާނަމަވެސް ހަޤީގަތް ފޮރުވަމުން ދާކަމަށެވެ. އެމެރިކާއިން ބުނަމުން ދަނީ، އެ ހަމަލާއަކީ އަލްގައިދާގެ ވެރިޔާ، އުސާމާބިންލާދިން ގެ ރޭއްވެވުމުގެ ދަށުން ކުރިޔަށް ގެންގޮސްފައިވާ ހަމަލާއެއްކަމަށެވެ.
ރިޗާޑް ފޯކްސްގެ ލިޔުއްވުމަށް ފާޑު ވިދާޅުވަމުން، އެމެރިކާއިން ޔޫއެންއަށް ކަނޑައަލާފައިހުންނަވާ ސަފީރު، ސޫސަން ރައިސް ވިދާޅުވެފައިވަނީ އެއީ އެބޭފުޅާ ރާއްވަވައިގެން ކުރައްވާކަމެއް ކަމަށާއި، އަދި ކުރިޔަށް އޮތް ތަނުގައި ރިޗާޑް ފޯކްސް ޔޫއެން ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައި ދެކެން ބޭނުން ނުވާކަމަށެވެ.
ނިމިގެން ދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުނު ޔޫއެންގެ 65 ވަނަ ޖެނެރަލް އެސެންބްލީގައި ވާހަކަ ދައްކަވަމުން އީރާންގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދުވެސް ވަނީ، 11/9 ގެ ހާދިސާގައި ޝައްކު އުފެދޭ އެތަށްކަމެއް ވާކަމަށް ބުނެ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެމެރިކާއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަނކަމަށް އެންމެ ހަރުއަޑުން ގޮވަމުންދާ ޤައުމަށް ވީހިނދުވެސް، އެމެރިކާއާ ދެކޮޅަށް އެންމެ އެއްޗެއް ބުނުމުން، އެމެރިކާއަށް އެކަމެއް ހަޖަމު ނުކުރެވޭ ކަމީ މިއަދު ވަރަށް ސާފުކޮށް އެނގެމުން އަންނަ ކަމެކެވެ.

















އެމެރިކާ އަކީ ދުނިޔޭގައި އޮތް އެންމެ ނާތަހުޒީބު ޤައުމު