އަމިއްލަ އަށް ކޮށްފައިވާ އެއްވެސް ކައިވެންޏެއް ރަޖިސްޓްރީކޮށް ނުދެވޭނެކަމަށް ފެމިލީ ކޯޓު ބުނެފިއެވެ.
ފެމިލީ ކޯޓުން ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި "އަމިއްލަ އަށް ކޮށްފައިވާ އެއްވެސް ކައިވެންޏެއް ރަޖިސްޓްރީކޮށް ނުދެވޭނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ގާނޫނާ އެއްގޮތަށް ކައިވެނި ކުރުމަށް އެދޭ"ކަމަށެވެ.
"މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އަމިއްލަ އަށް ކައިވެނި ކުރަމުންދާ ކަމަށް ފާހަގަކުރެވިފައިވާ" ކަމަށާއި "އެކަމުގެ ސަބަބުން ދަރިންގެ ނަސްލު އޮޅުމާއި ދީނީ ގޮތުން ހަރާމް ގުޅުންތަކަށް މަގުފަހިވެ، އެ ގުޅުންތަކުން ލިބޭ ދަރިން ރަޖިސްޓްރީ ނުކުރެވި އެ ކުދިން މަގުމަތިވެ، ތައުލީމު ހާސިލް ކުރަން ނުދެވުމުގެ ކަންތައްތައް ކުރިމަތިވަމުންދާ"ކަމަށް ފެމެލީ ކޯޓުން ނެރެފައިވާ ބަޔާނުގައިވެއެވެ.
އަމިއްލައަށް ކުރާ ކައިވެނިތައް ހުއްޓުވުމަށް ފެމެލީ ކޯޓުން އަޅާފައިވާ މިފިޔަވަޅުގެ އިތުރުން އެކޯޓުން ވަނީ އެފަދަ ކައިވެނިތައް ރަޖިސްޓްރީކޮށް ނުދީގެން ހުށަހަޅާ މައްސަލަތައް ބަލައިނުގަނެވޭނެކަމަށްވެސް ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...