އަރަބިދުނިޔެދުނިޔެ

ޓިއުނީޝިއާގެ ކުރީގެ ރައީސް ހައްޔަރުކުރުމަށް ބައިނަލް އަޤްވާމީ އަމުރެއް ނެރެފި.

ލިޔުނީ: ހުސެއިން ސާލިމް

ޓިއުނީޝިގެ ކުރީގެ ރައީސް ޒައިނުލް އާބިދީން ބިން އަލީއާއި، އޭނަގެ އާއިލާ ހައްޔަރުކުރުމަށް ޓިއުނީޝިއާއިން ބައިނަލްއަޤްވާމީ އަމުރެއް ނެރެފައިވާކަމަށް ޓިއުނީޝިއާގެ ޖަސްޓިސް މިނިސްޓަރ މިއަދު ހާމަކުރަށްވައިފިއެވެ.

މިމީހުން ހައްޔަރުކުރުމަށް އަމަރު ނެރެފައި މިވަނީ، ދައުލަތުގެ މުދާ ނުހައްގުން އަމިއްލަކުރުމުގެ ކުށުގަޔާއި، ގަވައިދާ ޚިލާފަށް ދައުލަތުގެ ހަޒާނާއިން ބައެއް ބޭރުކުރުމުގެ ކުށުގައެވެ. ޚަބަރު ފެތުރެމުން ދާ ގޮތުގައި، ވެރިކަން ދޫކޮށް ފިއްލަވަން ވަޑައިގަންނަވަމުން ޒައިނުލް އާބިދީންނާއި، އޭނާގެ އަނބިކަނބަލުން ޓިއުނީޝިއާގެ ބައިތުލަމާލުން 1.5 ޓަނުގެ ރަން ވަނީ އެމީހުން ގެ ރިޔާސީ ޖެޓުކޮޅުގައި ޤައުމުން ބޭރުކޮށްފައެވެ. މިތަކެތީގެ އަގު 66 މިލިއަން އެމެރިކާ ޑޮލަރަށްވުރެއް މަށްޗަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ބިން އަލީ އަކީ ހުޅަނގުގެ ޤައުމުތަކާ ގުޅިގެން ޓިއުނީޝިއާގައި އޮތް އިސްލާމްދީން، ނައްތާލާ ހުޅަނގުގެ އަލްމާނީ ސިޔާސަތު ތަންފީޒުކުރުމަށް ބަހާ އަމަލުން މަސައްކަތްކުރަށްވާފައިވާ މީހެކެވެ. ޒައިނުލް އާބިދީންގެ ހުދުމުހުތާރު ވެރިކަމުގައި، ބަންގީގެ އަޑު މީޑިއާއިން ދުރަށް ފޮނުވުންވެސް އޮތީ މަނާކުރެވިފައެވެ. މީގެ އިތުރުން އިސްލާމީ ޝިއާރެއްކަމުގައިވާ ބުރުގާޔާ ދެކޮޅަށް  ބިން އަލީ ވަނީ މަސައްކަތްކުރަށްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *