ޔޫރަޕު ޕެރޫއިން ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކޮށް އެކަމަށް ތާއީދުކުރާކަން ހާމަކޮށްފި

ޕެރޫއިން ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކޮށް އެކަމަށް ތާއީދުކުރާކަން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޕެރޫއިން ފަލަސްތީނުގެ މިނިވަން ދައުލަތް ޤަބޫލުކޮށް އެކަމަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

ޕެރޫގެ ޚާރިޖީ ވަޒީރު ޚޮސޭ އެންޓޯނިޔޯ ގާސިޔާ ވިދާޅުވީ "އިޢްލާން ކޮށްފައިވާ މިނިވަން ދައުލަތަށް ޕެރޫގެ ސަރުކާރުން އިޢްތިރާފްވާ ކަމަށާއި ފަލަސްތީނުގެ ނިގުޅައިގަނެފައިވާ ޙައްޤުތައް އަނބުރައި ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޕެރޫ ތާއީދު ކުރާ" ކަމަށެވެ. ޕެރޫގެ އިސްވެރިން ވަނީ 'ފަލަސްތީނަކީ މިނިވަން ދައުލަތެއް' ކަމަށް ޤަބޫލުކުރާ ކަމަށާއި 'ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނާންނަ' ކަމަށެވެ.

ފަލަސްތީނުގެ މިނިވަން ތައުލަތް ދުނިޔޭގެ ކަންކޮޅުތަކުން ބަލައިގަންނަމުންދާއިރު އިޒްރޭލުގެ މިތުރު އެމެރިކާއިން ދަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ފަސްޖެހެމުންނެވެ. އަދި އިޒްރޭލުންދަނީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ފަލަސްތީން ޤަބޫލުކުރާތީ ކަންބޮޑުވަމުންނެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.