ބޭނުންވާ ތަކެތި:
1 ރޯފަޅޯ
1 ފެޝަން ފުރުޓު (ރަނގަޅަށް ދޮންވެފަ)
2 ފިޔާ
1 ލޮނުމެދު
1 ގިތެޔޮ މިރުސް (ކުޑަ)
2 ލުނބޯ
2 ސައި ސަމުސާ ފިޝް ސޯސް
ކުޑަ ހަކުރު ކޮޅެއް
ލޮނު، އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ފަޅޯ މަށާލުމަށްފަހު ކެރެޓު ގާނާ ގޮތަށް ގާނާލާށެވެ. ދެން ފިޔާ ސަޓަނި ހަދާ ގޮތަށް ކޮށާލާށެވެ. އެއަށްފަހު ލޮނުމެދާއި ގިތެޔޮ މިރުސް ވަރަށް ހިމުންކޮށް ޗޮޕްކޮށްލާށެވެ. އަދި ފެޝަންފުރުޓުގެ އޮށްކޮޅު ވެސް ނަގާށެވެ. ދެން ސަޓަނި މޮޑުމަށް ފުރަތަމަވެސް ކޮށާފައި ހުރި ފިޔާކޮޅާއި ލޮނުމެދު އަދި މިރުހާއި ހަކުރުކޮޅާއި ލޮނު އަސޭމިރުސް ރަނގަޅަށް ލުނބޯހުތާއި ފިޝް ސޯސް ޖަހައިގެން މޮޑެލާށެވެ. ދެން ގާނާފައި ހުރި ފަޅޮލާއި ޕެޝަން ފުރުޓު ކޮޅު އެޅުމަށްފަހު ރަނގަޅަށް މޮޑެލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...