މިރޭގެ އިޝާ ނަމާދަށް ފަހު މަސްޖިދުލް ނޫރް ނުވަތަ ހެންވޭރު ކާނިވާ ސަރަޙައްދު ކައިރީ ހުންނަ ނޫރު މިސްކިތުގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ "މައިންބަފައިންނަށް އުރެދުން" ޝައިޙް އާދަމް ޝަމީމްގެ ޙަދީސް ކުލާސް “އަދަބުލް މުފްރަދް” ދިއިސްލާމް އިން އިންޓަރނެޓް މެދުވެރިކޮށް ލައިވް ކުރުމަށް ނިންމައިފިއެވެ.
ދިއިސްލާމް މެނޭޖްމެންޓުން ބުނީ މިރޭގެ ދަރުސްގެ އޯޑިއޯ ދިއިސްލާމް ވެބްސައިޓް މެދުވެރިކޮށް އިންޓަރނެޓްގެ ޒަރީޢާއިން ވަގުތުން ދުރަށް ފޮނުވުމަށް ނިންމާފައިވަނީ އެކި ސަބަބުތަކާއި ހުރެ ރާއްޖޭގެ އެކި ކަންކޮޅު ތަކާއި ރާއްޖެއިން ބޭރުން ދަރުސް އަޑުއެއްސެވުމަށް ވަޑައި ނުގެންނެވޭ ފަރާތްތަކަށް އެފުރުސަތު ހޯއްދަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.
ދިއިސްލާމް ލައިވް: ދަރުސްލައިވް ކުރާނެ ޕޭޖް
މި ދަރުސް އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު މަސްޖިދުލް ނޫރް ނުވަތަ ނޫރު މިސްކިތުގައި ކަމަށް ކުލާސް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.
މި ދަރުސް ލައިވް ކުރަމުން ގެންދާއިރު، ދިމާވާ އެކި އެކި މައްސަލަ ތަކާއި އުނދަގޫ ތަކާއި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމެއް އޮތް ނަމަ އެފަދަ މަޢުލޫމާތު ކޮމެންޓްގެ ޒަރީޢާއިން ދިއިސްލާމްގެ މެނޭޖްމަންޓުން ބަލައިގަންނާނެ ކަމަށް ވެސް ދި އިސްލާމްގެ މެނޭޖްމަންޓުން ވަނީ ހާމަ ކޮށްފައެވެ.
އަދި ދި އިސްލާމްގެ ފަރާތުން އަލަށް ފަށާފައިވާ ދަރުސް ސްޓްރީމް ކުރުމުގެ ޕްރޮގްރާމަށް ކިޔުންތެރިންގެ ފަރާތުން ލިބޭ ހޫނު ތަރުޙީބާއި ހިއްވަރަށް މި ފުރުޞަތުގައި ދިއިސްލާމްގެ އެންމެހާ ކިޔުން ތެރިންނާއި ލައިވްކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ދަރުސް އަޑުއެއްސެވުމަށް ދި އިސްލާމްގެ ވެބްސައިޓަށް ޒިޔާރަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ދިއިސްލާމްގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ޚިޔާލު