ރިޕޯޓް ކުޑަކުދިންގެ ޅައިރުގެ ޝައުގުވެރިކަން ބޮޑެތި ވުމުން ޢަމަލީ މައިދާނުގައި ތަޖުރިބާ ކުރޭ

ކުޑަކުދިންގެ ޅައިރުގެ ޝައުގުވެރިކަން ބޮޑެތި ވުމުން ޢަމަލީ މައިދާނުގައި ތަޖުރިބާ ކުރޭ

ކުޑަކުދިންގެ ޅައިރުގެ ޝައުގުވެރިކަން ބޮޑެތި ވުމުން ޢަމަލީ މައިދާނުގައި ތަޖުރިބާ ކުރޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިރާސާތަކުން ދައްކާގޮތުގައި ކުޑަކުދިން ޅައިރުގައި ޝައުގުވެރިކަން ހުންނަ ކަންކަމަށް އެކުދިން ބޮޑިތިވެ ޢަމަލީ މައިދާނަށް ނުކުންނައިރުވެސް ޝައުގުވެރިކަން ހުރެއެވެ. ކުޑަކުދިން ޅައިރު ވަކި ކަންކަމަށް ޝައުގުވެރިވުމުގައި މާހައުލު މުހިންމު ދައުރެއް އަދާކުރާއިރު ކުއްޖާ ހެދިބޮޑުވަމުންދާ ވަރަކަށް މާހައުލުންފެންނަ ތަފާތު ކަންކަން އޭނާގެ ސިކުނޑިން ފިލްޓަރު ކުރަމުންދެއެވެ. އަދި ވިސްނުން އޭނާގެ ޤާބިލްކަން ހުރިކަމަށް ދައްކާ އަމާޒުތަކަށް އޭނާގެ ޝައުގުވެރިކަން މަޑުމަޑުން އަނބުރަމުން ދެއެވެ. ޢަމަލީ މައިދާނަށް ނުކުތުމުގައި މައިންބަފައިން ނުވަތަ ބެލެނިވެރިން ކުއްޖާ ވަކިކަހަލަ ކަމެއްކުރާ މީހަކަށް ބައްޓަންކުރަން ބޭނުންވެގެން އެގޮތަކަށް ބާރުއަޅާނަމަ އެކުރާ މަސައްކަތަކީ އެހާ ކާމިޔާބު މަސައްކަތަކަށް ނުވެ ހިނގާދާނެއެވެ. މީގެ މާނައަކީ ކުއްޖާ ޅައުމުރުގައި އެކުއްޖަކު އުޅެން ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލުމުގައި ފައިދާއެއް އޮންނާނެ ވާހަކައެއް ނޫނެވެ. އަދި ކިއެއްތަ ޢަމަލީ މައިދާނުގައި ކުއްޖާ ތޫނުފިލި ހަރުދަނާ ޝަހުސިއްޔަތަކަށް ވުމުގައި އޭނާގެ ޅައުމުރުގައި މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ކިބައިން ހޯދާ ރަނގަޅު ތަރުބިއްޔަތާއި ރަނގަޅު އަޚްލާގަކީ ކުއްޖާއަށް އެންމެ މުހިންމު އެކައްޗެވެ. ކަންމިހެން ހުރުމާއެކު ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަކީ ނަމޫނާދާރު ބަޔަކަށް ވުން ވެސް ކޮންމެހެން ބޭނުންވެއެވެ.
ދިރޭތަކެތި އެތަކެތި އުޅޭ މާހައުލަށްހޭނުމަކީ އޭގައި ޙަޤީޤަތްތަކެއް ވާކަމެކެވެ. މީގެ މާނައަކީ މީހަކު ގިނައިން މޫދަށް އެރޭތީ އޭނާ މޫދު މަހަކަށް ބަދަލުވުމެއް ނޫނެވެ. ނަމަވެސް މިސާލަކަށް ކުޑަ ކުއްޖަކު އޭނާގެ ޅައިރުގައި އާދަޔާ ޚިލާފަށް ގިނައިން މޫދަށް އެރިއުޅޭނަމަ އޭނާ ބޮޑުވެގެން ޑައިވިންގ ކުރުމަށް ނުވަތަ ފީނާ އުޅުން ފަދަ ކަމަކަށް ޝައުގުވެރވުން ގާތެވެ. މިފަދަ ކަންކަންވެސް ބެލެވޭނީ މާހައުލުން ހޯދައިދޭ ޝައުގުވެރިކަން ކަމުގެތެރޭގައެވެ.
ކުޑަކުއްޖަކު ބޮޑުވެގެން ވަކިކަމެއްކުރާ މީހަކަށް ހަދަންބޭނުންވިޔަސް މައިން ބަފައިން ނުވަތަ ބެލެނިވެރިން ހަމައެކަނި އެކަމަށް ކުއްޖާއަށް ފޯސްކުރުމުގެ ބަދަލުގައި ކުއްޖާއަށް އެކުއްޖާގެ “ސެލްފް ޗޮއިސް” ނުގެއްލޭގޮތަށް ކަންތައް ރޭވުން މުހިންމެވެ. ސަބަބަކީ އިންސާނީ ޠަބީޢަތުގައިވެސް އެކިކުދިންގެ ވިސްނުމާއި ލަޔާޤަތު އެކިކުދިންގެ ހުންނާނީ ތަފާތު ހުނަރުތަކުގެ މައްޗަށެވެ. ނަމަވެސް ޅަފަތުގައި ހުނަރު އަށަގަނެގެން އަންނަނީ ޝައުގުވެރިކަމާއެކު އެކުއްޖާގެ ވިސްނުމާ ފިކުރު އެކަންކަމުގެ މައްޗަށް ހިންގާ ކޮންމެވެސް ވަރަކަށް އެކަންކަން ތަޖުރިބާ ކުރާ ކަންކަމަށް ވުމާއެކު ކުޑަކުދިންނަށް ކުޅޭއެއްޗެހި ހޯދައިދިނުމުގައި ބެލެނިވެރިންނަށް މުހިންމު ރޯލެއް އަދާކުރެވިދާނެއެވެ. މިސާލަކަށް ދަރިފުޅު ބޮޑުވެގެން ޑަކްޓަރަކަށް ވާން ބޭނުންވާނަމަ މެޑިކަލް ޓޯއީސް ފަދަ ތަކެތި ކުއްޖާއަށް ކުޅެން ހޯދައިދެވިދާނެއެވެ. ކުޑަކުދިން ކުޅެން ގެންގުޅޭތަކެތީގެ ތެރޭގައި ވަކިބާވަތެއްގެ ތަކެތި ގިނައިން ހުންނަނަމަ އެތަކެއްޗަށް ކުއްޖާގެ ސަމާލުކަން ބޮޑުވެގެންދާ ފަދައިން އާއްމުކޮށް ނުފެންނަ އައު ތަކެއްޗަށްވެސް ކުއްޖާގެ ޝައުގުވެރިކަން ބޮޑުވެއެވެ. އަދި މިހާތަނަށް މާބޮޑު ދިރާސާއެއް ކުރެވިފައި ނެތްކަމުގައި ވިޔަސް ފިރިހެން ކުދިން ހިތާނުކުރުމުގެ މަރުހަލާގައި އެކުދިން ރުއްސާ ހިންހަމަ ޖައްސާދިނުމަށްޓަކައި ހޯދައިދޭ ކުޅޭތަކެއްޗާއި ބޮޑެތިވެގެން އެކުދިން ކުރަން ބޭނުންވާ މަސައްކަތާ ކޮންމެވެސް ވަރެއްގެ ގުޅުމެއްވާކަމަށް ދެންނެވިދާނެއެވެ. މިސާލެއްގެ ގޮތުން މި ފަހަކަށް އައިސް ސިފައިންގެއަށާއި ފުލުސްގެ ތެރެއަށް ވަންނަ ގިނަކުދިންނަށް ބަލާއިރު އެކުދިންނަކީ އެކުދިންގެ މިދެެންނެވި މަރުހަލާގައި ބަޑި ފިސްތޯލަ ޓޭންކަރާ ބޮންއަޅާ މަތިންދާބޯޓު އަދި އާމީ ހެލިކޮޕްޓަރު ފަދަ ތަކެތި ކުޅެން ގެންގުޅުނު ކުދިންނެވެ. މިދެންނެވި ކުދިންގެ މަދަރުސީ ޙަޔާތަށް ބަލާއިރުވެސް އެކުދިން ބޮޑަށް ޝައުގުވެރިވެފައިވަނީ މިދެންނެވިފަދަ ފިލްމުތަކާ ކަންކަމުގެ މައްޗަށެވެ. ރަސްމީ ސިފައެއްގައި މިކަމާބެހޭ ޙާއްޞަ ދިރާސާއެއް ކުރެވިއްޖެނަމަ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ކުދިން ބައްޓަން ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެނދާނެކަށް ބެލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.