ޖަމްޢިއްޔަތުލް އަޚަވާތުން މިރޭ ބާއްވާ ދަރުސް“ސުވަރުގެ އެދޭ އަންހެނާ” ދިއިސްލާމް އިން އިންޓަރނެޓް މެދުވެރިކޮށް ލައިވް ކޮށް ގެނެސްދޭން ނިންމައިފިއެވެ.
ދިއިސްލާމް މެނޭޖްމެންޓްއިން ހާމަކުރި ގޮތުގައި މިރޭގެ ދަރުސްގެ އޯޑިއޯ ދިއިސްލާމުން އިންޓަރނެޓް މެދުވެރިކޮށް ވަގުތުން ދުރަށް ގެނެސްދޭނެކަމަށާއި މިދަރުސް ލައިވްކުރުމަށް ނިންމާފައިވަނީ އެކި ސަބަބުތަކާއި ހެދި ދަރުސް އަޑުއަހަން ނުދެވޭ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.
ދިއިސްލާމް ލައިވް: ދަރުސްލައިވް ކުރާނެ ޕޭޖް
މި ދަރުސް އޮންނާނީ 8:45 ގައި ކަމަށް ޖަމްޢިއްޔަތުލް އަޚަވާތުން މަޢުލޫމާތު ދެއެވެ.
ޖަމްޢިއްޔަތުލް އަޚަވާތުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި “ސުވަރުގެ އެދޭ އަންހެނާ” މި ނަމުގައި ދަރުބާރުގޭގެ ދޮށިމޭނާ މާލަމުގައި ބާއްވާ މިދަރުސަށް ދަޢުވަތު އަރުވަނީ ހަމައެކަނި އަންހެން ކަނބަލުންނަށް ކަމަށެވެ. އަދި މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙުމަދު ޞަމީރު ބިން އިބުރާހީމް އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...